ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮޅުމަޑުލު ތިމަރަފުށީ އިޖުތިމާޢީ ސަރަހައްދުތައް 1 (އެކެއް) މަސްދުވަހަށް ސާފުކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގުބަލާފޯމު/ ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިގޮތުން ސާފުކުރަންޖެހޭ ތަންތަނާއި ސާފުކުރަންވީ ގޮތުގެ ތަފްސީލު ތިރީގައި އެވަނީއެވެ. މިކަމަށް ހުށަހެޅޭނެ އެންމެ މަތީ އަގަކީ 15,000/- (ފަނަރަހާސް) ރުފިޔާއެވެ.
# |
ސާފުކުރަންޖެހޭ ސަރަހައްދު |
ފްރިކުއެންސީ |
1 |
ބަނދަރު ސަރަހައްދު (ހުރަސް ދެމަގާއެކު ހާޖީ މިސްކިތާއި ހަމައަށް) |
ހަފުތާއަކު ދެ ފަހަރު |
2 |
ޓާފް ދަނޑުގެ ދަނޑުވަށާ |
ހަފުތާއަކު އެއް ފަހަރު |
3 |
ކުރީގެ ފުޓްބޯޅަ ދަނޑުގެ ބޮޑުމަގަށް ވާ ސަރަހައްދު |
ހަފުތާއަކު ދެ ފަހަރު |
4 |
ބާއޮފީސް (ރަށްވެހިގެ ކުރިމަތިން) އެތެރެއާއި ބޭރު |
ހަފުތާއަކު ދެ ފަހަރު |
5 |
ކާޑުގޭގެ (ޕްރީސްކޫލް ބިއްދޮށުގައިވާ) އެތެރެއާއި ބޭރު |
ހަފުތާއަކު ދެ ފަހަރު |
6 |
އައުޓް ޑޯ ޖިމް ސަރަހައްދު ސާފުކުރުން |
ހަފުތާއަކު އެއް ފަހަރު |
7 |
މީގެ އިތުރުންވެސް ކައުންސިލުން އެދިއްޖެނަމަ ސާފުކުރަން އެދޭ ތަންތަން ކުނިކަހާ ސާފުކުރުން |
ކައުންސިލުން އެދުމުން |
ކޯޓޭޝަން/ އަގުބަލާފޯމު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 މާރޗް 15 ބުދަ ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުށަހަޅާ އަގުބަލާފޯމު/ ކޯޓޭޝަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަގެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ހުށަހެޅޭނީ ކޮންމެ ފަރާތަކަށްވެސް އެއް ކޯޓޭޝަން/ އަގުބަލާ ފޯމެވެ.