ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާ ކުރުން
ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި ކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތްތަކާއި ، ބައިވެރިވާ ހަރަކާތްތަކާއި ،އެކިއެކި ރަސްމިއްޔާތުގައި ބޭނުން ކުރުމަށް ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯ ތަކުގެ ތެރެއިން ހޮވޭ އެންމެ ރަގަޅު ލޯގޯއަކަށް 6،000.00 ރ (ހަހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.
ލޯގޯ ހުށަހެޅުމުގެ ސުންގަޑި: 30 އެޕްރީލް 2023 ގެ 14:00
ލޯގޯ ހުށަހަޅާނެ އީމެއިލް އެޑްރެސް: [email protected]
- ފަރުމާ ކުރެވޭ ލޯގޯއަކީ ނ. މާޅެންދޫ ރަމްޒްކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށްވާންވާނެއެވެ. މާޅެންދުއަކީ ފަޅާ ގުޅިފައިވާ ގުދުރަތީ ރީތި ކުޅިއެއް އެކުލެވިގެންވާ ހިތްފަސޭހަ ރަށަކަށްވާތީ ، ލޯގޯ ފަރުމާ ކުރުމުގައި އެކަމަށް އަލިއަޅުވާލަންވާނެއެވެ. އަދި މާޅެންދޫއަށް ޚާއްޞަ ސިފަތަކާއި ކަންކަން ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
- ފަރުމާ ކުރެވޭ ލޯގޯއަކީ މުޅިންއައު އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
- ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
- ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓަރފް ކާޑް، ޔުނީފޯމް އަދި ވެބުސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭފަދަ ގޮތަކަށެވެ.
- ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ Dpi600 ނުވަތަ އެއަށްވުރެ މައްޗެވެ.
- ލޯގޯ ފަރުމާ ކުރުމުގައި މައިގަނޑު ކުލައެއްގެ ގޮތުގައި ބޭނުންކުރަންވާނީ ފެހިކުލައެވެ. އަދި އޭގެ އިތުރުން ދެކުލައެއް ބޭނުންކުރެވިދާނެއެވެ.
- ލޯގޯއަކީ ލަކުޑި، ފައިބަރު މައުދަންތަކުގައި ކަނޑާ ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވާންވާނެއެވެ.
- ލޯގޯ ފަރުމާ ކުރަންވާނީ ވެބް ވާރޝަން ، ޕުރިންޓް ކޮލިޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
ލޯގޯ އާއިއެކު ހުށަހަޅަންޖެހޭ ތަކެތި
- ލޯގޯ PSD, PNG, އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10 އެމް،ބީ އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
- ލޯގޯގެ ކުލަ ސްފޮޓް ކޮޕީ ، ކުލަތަކުގެ ޕެންޓޯން ނަމްބަރ އަދި ކުލަކޯޑާއެކު ޖޭޕެގު / ޓިޕް ފޯމެޓްގައެވެ.
- ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއި ނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
- ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
- ލޯގޯ ހުށަހެޅި ފަރާތުގެ އައިޑީކާޑްގެ ކޮޕީ.
- ލޮގޯއިން ރަމްޒްކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
- ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯ.
މާކުސް ދެވޭނެ ގޮތުގެ ތަފްޞީލް
- ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑު ތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
- ލޯގޯ ހުށަހަޅާ ފަރާތަކީ ފުރިހަމަ ކޮޕީ ރައިޓް ލިބިފައިވާ ފަރާތެއް ކަމަށް ބަޔާންކޮށް ސޮއި ކޮށްފައިވާ އިގުރާރް ހުށަހަޅަންވާނެއެވެ.
- ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު
- މާޅެންދޫ ސިފަކޮށްދީފައިވާ މިންވަރު
- ލޯގޯގެ ފަރުމާތަކަށް އިންސާފް ކުރާނީ ކައުންސިލް އިދާރާއިން އެކަމަށް ޚާއްޞަ ކުރެވޭ ކޮމިޓީއަކުންނެވެ.
- ކައުންސިލްގެ ލޯގޯ ހޮވުމުގައި ލޯގޯ ތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ 5 (ފަހެއް) ލޯގޯ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވާލެވޭނެއެވެ. ރައްޔިތުންގެ ވޯޓުން ލޯގޯ އިޚުތިޔާރު ކުރުމަށް ކަނޑައެޅޭ މިންވަރު ނިންމާނީ އިންސާފު ކުރުމަށް އެކުލަވާލެވޭ ކޮމެޓީއިންނެވެ.
މާކުސް ދެވޭނެ މިންގަނޑު
# |
ކުރައިޓީރިއާ |
މާކުސް |
1 |
ކޮލިޓީ އަދި ޓެކުނިކަލް ފެންވަރު |
35 |
2 |
އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން |
20 |
3 |
އަމިއްލަވަންތަކަން |
15 |
4 |
ނ. މާޅެންދޫ ސިފަކޮށްދީފައިވާ މިންވަރު |
30 |
އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.