ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2023 (ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް)

އިޢުލާން

އަހަރީ ޢާންމު ޖަލްސާ 2023 (ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް)

 

މިއެސޯސިއޭޝަންގެ 09 މާރިޗު 2023 ގެ އިޢުލާން ނަންބަރު: BAM/IUL/2023/07 ގައި ވާފަދައިން 05 މާރިޗު 2023 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާ ތާވަލުކޮށްފައިވާކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާންކޮށް ދަންނަވަމެވެ.

 

މި ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް):

 

  • އެސޯސިއޭޓް މެމްބަރ ( ކްލަބް ) ، އެސޯސިއޭޓް މެމްބަރުންގެ ތެރެއިން  މިއެސޯސިއޭޝަންގެ 09 މާރިޗު 2023 ގެ އިޢުލާން ނަންބަރުBAM/IUL/2023/07  ގައިވާގޮތަށް 31 ޖަނަވަރީ 2023 ވީ އަންގާރަ ދުވަހުގެ ނިޔަލަށް، 2023  ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވަނީ ޖުމްލަ 13 އެސޯސިއޭޓް މެމްބަރުން (ކްލަބު) އެވެ. ނަމަވެސް ހިންގާ ހިންގާ ޤަވާޢިދުގެ 12(ބާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި، ޝަރުތު ހަމަވަނީ ޖުމްލަ 2 (ދެއެއް) އެސޯސިއޭޓް މެމްބަރު (ކްލަބް) އެވެ.

 

  1. ކްލަބް ސްޓެޓިކް
  2. ސީ.އެސް. ސްޕޯޓްސް

 

  • ފުރިހަމަ މެމްބަރުން ، އެކްޓިވް ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) ގެ ތެރެއިން ހިންގާ ޤަވާޢިދުގެ 11(އެގާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން  މިއެސޯސިއޭޝަންގެ 09 މާރިޗު 2023 ގެ އިޢުލާން ނަންބަރުBAM/IUL/2023/07  ގައިވާގޮތަށް 31 ޖަނަވަރީ 2023 ވީ އަންގާރަ ދުވަހުގެ ނިޔަލަށް، 2022 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2023 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ ހުށައަޅާފައިވަނީ ހަމައެކަނި 2 (ދެއެއް) ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) އެވެ.
  1. ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
  2. 2.          އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ

 

  • ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ފަރުދީ މެމްބަރުންގެ ތެރެއިން ހިންގާ ޤަވާޢިދުގެ 13(ތޭރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން އަދި ހިންގާ ޤަވާޢިދުގެ 16(ސޯޅަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ 18 އަހަރުން މަތީގެ ޕޫލް މެމްބަރުންގެ ތެރެއިން  މިއެސޯސިއޭޝަންގެ 09 މާރިޗު 2023 ގެ އިޢުލާން ނަންބަރުBAM/IUL/2023/07  ގައިވާގޮތަށް 31 ޖަނަވަރީ 2023 ވީ އަންގާރަ ދުވަހުގެ ނިޔަލަށް، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވަނީ ޖުމްލަ 30 (ތިރީސް) މެމްބަރުންކަން ވެސް ދަންނަވަމެވެ.

 

މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް

#

މެމްބަރޝިޕް ނަންބަރު

ނަން

1

0001

އިޝްފާން މުޙައްމަދު

2

0141

މުހައްމަދު އަޖްފާން ރަޝީދް

3

0168

ޙުސެއިން އާޠިފް

4

0222

މޫސާ ނާޝިދު

5

0241

މުހައްމަދު ޒަކަރިއްޔާ

6

0259

ނީލާ އަޙްމަދް ނަޖީބް

7

0314

މައިސާ ފަތުހުﷲ އިސްމާއިލް

8

0314

އަޙްމަދު ޝާކިރު މޫސާ

9

0508

ސިޔާދު ހަބީބު

10

0516

މުރުޝިދާ ޢަބްދުލް މަންނާން

11

0874

އިބްރާހިމް ރަބީތު

12

0877

މުހައްމަދު ރަފާހް

13

0900

ހަސަން ރިޔާޒު

14

0914

އަލީ ފާރޫޤް

15

1323

އިބްރާހިމް ޝާމިއު

16

1371

ނިބާލް އަޙްމަދު

17

1585

އަޙްމަދު ފިރާޤް

18

1697

އަޙްމަދު އިޔާދު

19

1748

އައިމިނަތު ނަބީހާ އަބްދުލް ރަައްޒާގް

20

1749

ފާތިމަތު ނަބީހާ އަބްދުލް ރަައްޒާގް

21

2340

އިބްރާހިމް ރިޔާޒު

22

2539

މަލަކާ ޝަފީއު

23

2573

އަބްދުﷲ އަޒީޒް

24

2677

އަޙްމަދު އަލީ

25

3241

އައިޝަތު ޔުމްނާ

26

3621

މުޙައްމަދު އާކިފް

27

4141

މުޙައްމަދު އަޙްޝަދު

28

4214

ހައްވާ ސަހާ ނާސިހް

29

4400

މުޙައްމަދު ނަޞީރު

30

4444

އާމިނަތު ޝައްފާއު

 

މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓް ތަކަކީ 05 މާރިޗު 2023 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މިއެސޯސިއޭޝަންގެ 09 މާރިޗު 2023 ގެ އިޢުލާން ނަންބަރުBAM/IUL/2023/07  އާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓްކަން ދަންނަވަމެވެ.

މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2023/07 ގައިވާގޮތަށް 31 ޖަނަވަރީ 2023 ގެ ނިޔަލަށް  2023 ވަނަ އަހަރަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރ ( ކްލަބް ) އަދި ފަރުދީ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް ކޯރަމްގެ ގޮތުގައި ނުހިމެނޭނެއެވެ.

ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ.

މެމްބަރުންގެ ލިސްޓާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅުނަމަ އެކަމެއް ލިޔުމުން 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި މެންދުރު ފަހު 15:30 އާއި ދެމެދު މި އެސޯސިއޭޝަންގެ ފޯން ނަންބަރ 3314057 އަށް ގުޅުންވުން އެދެމެވެ.

 

11 މާރިޗު 2023
ހޯދާ