މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމާށް ހުޅުވާލުން

އިޢުލާން

 

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމާށް ހުޅުވާލުން

 

މިކުންފުންޏަށް 1444 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، މިކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޙާއްސަކުރުމަށްވަނީ ނިންމާފައެވެ. މިގޮތުން 09 މާރިޗު 2023 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މަތީގައި ދެންނެވުނު ގޮތުގެ މަތީން ޙާއްޞަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލަމެވެ. ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 21 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.

 

ޖާގަ ހަމަޖައްސައިދިނުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް (މި ފޯމް މިކުންފުނީގެ އޮފީހުގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިންނަވާނެއެވެ.  

http://mhcl.mv/downloads.html  

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް
  2. މި އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ ހެލްތް ސަރޓިފިކޭޝަން ފޯމް
09 މާރިޗު 2023
ހޯދާ