ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓް 20 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވިފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/96sneGkq5z

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ސެޝަން

‏16‏ މާރޗް‏ 2023‏ (ބުރާސްފަތި‏)

11:00

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏26‏ މާރޗް‏ 2023‏ (އާދީއްތަ‏)

11:00

އަންދާސީ ހިސާބު ހުށަހެޅުން

‏27‏ މާރޗް‏ 2023‏ (ހޯމަ‏)

11:00

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527166 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 09‏ މާރޗް‏ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

09 މާރިޗު 2023
ހޯދާ