މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން

މަޤާމު :

ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން

އުޖޫރަ :

  1. ދުވާލަކު 1 ޕޮއިންޓުން 100 ޕޮއިންޓަށް (އެޑްރެސް) އަށް ތަކެތި ރައްދުކޮށްފިނަމަ ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 3/75ރ
  2. ދުވާލަކު 101 ޕޮއިންޓުން 150 ޕޮއިންޓަށް (އެޑްރެސް) އަށް ތަކެތި ރައްދުކޮށްފިނަމަ ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4/00 ރ 
  3. ދުވާލަކު 151 ޕޮއިންޓުން 200 ޕޮއިންޓަށް (އެޑްރެސް) އަށް ތަކެތި ރައްދުކޮށްފިނަމަ ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4/50 ރ 

އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލް ބަހާނަމަ، އޮންނަ އުސޫލުން ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

މެއިލް އެންޑް ކާރގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

 

މި މަޤާމުތަކުގެ ޝަރުޠު :

  • ކަމާގުޅޭ ތަޖުރިބާ ލިބިފައިވުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން
  • ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން 100 ޕޮއިންޓަށް މެއިލް ބެހުމުގެ ޤާބިލުކަން ހުރުމާއެކު އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • އިންޓަވިއުއިން ފާސްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއި ގުޅޭނެ ފޯނު ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓު

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 8 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން، އެދެމެވެ. ސިޓީގައި ގުޅޭނެ ފޯން ނަންބަރެއް ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ހޮވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272، 3009273، 3009274

ފެކްސް: 3321559

29 ޑިސެންބަރު 2014
ހޯދާ