ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ކ.ވިލިމާލެ ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުތަކުން ބާލައިގެން ގޮސް އެސްޓީއޯ ކ. ވިލިމާލެ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ކ.ވިލިމާލެ ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުތަކުން ބާލައިގެން ގޮސް އެސްޓީއޯ ކ. ވިލިމާލެ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 16 މާރޗް 2023 ވާ ދުވަހު 1100 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، 16 މާރޗް 2023 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެ އަދި ބީލަން ކަރުދާސް ފޮނުވޭނީ މަތީގައި ބަޔާން ކުރެވިފައިވާ ބީލަމުގެ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ.

ސުވާލާއި ޖަވާބު:  ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 20 މާރޗް 2023 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 20 މާރޗް 2023 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ 26 މާރޗް 2023 ވަނަ ދުވަހު 1100،[email protected]  އީމެއިލް އެޑްރެސް އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ފޮނުވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 ފޯނު: 3344167 

 އީމެއިލް: [email protected]

    

09 މާރިޗު 2023
ހޯދާ