އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ޗީފް ފައިނޭންޝިއަލް އޮފިސަރ

މަޤާމު:

ޗީފް ފައިނޭންޝިއަލް އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު:

4 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އަސާސީ މުސާރަ:

 -/18500

ސަރވިސް އެލަވަންސް:

ޗީފް ފައިނޭންސަލް އޮފިސަރ ގެެ މަޤާމުގެ "ޖޮބް އެލަވަންސް" އަކީ ދުވަހަކަށް -/871 ރުފިޔާއެވެ. މި އެލަވަންސަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް ދެވޭނެ އެލަވަންސެކެވެ. އޮފީހަށް ޙާޟިރުވުމުގެ ތެރޭގައި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ އޮފީހަށް ޙާޟިރުވުމާއި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުޞޫލުން ސައިން-އިން ވެގެން ޙާޟިރުވާ ޙާޟިރުވުންވެސް ހިމެނޭނެއެވެ. އަދި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް ވެސް އޮފީހަށް ޙާޟިރުވާ ދުވަސްތަކުގެ ތެރޭގައި ހިމެނޭނެއެވެ.

ޗީފް ފައިނޭންޝިއަލް އޮފިސަރ މަޤާމަކީ ޤާނޫނު ނަންބަރު 2/2008 (ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަޤާމުގެ ތެރޭގައި ހިމެނޭ މަޤާމެކެވެ. ވީމާ، މި މަޤާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ހޮސްޕިޓަލުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުން.

-          ހޮސްޕިޓަލުގެ އަހަރީ ފައިނޭންސިއަލް ޕްލޭން ތައްޔާރުކުުރުން.

-          ފައިސާ ޚަރަދު ކުރުމުގައި މެނޭޖްމެންޓަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

-          ހޮސްޕިޓަލުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ޗެކްކޮށް ބެލުމާއި ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޤަވާއިދާއި އެއްގޮތަށް ޚަރަދުތައް ކުރުމާއި ހިސާބުތައް ބެލެހެއްޓުމުގެ ކަންތައް ސްޕަވައިޒްކުރުން

-          ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިނގާ ހެލްތުސެންޓަރތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ބަލާ ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މެނޭޖްމަންޓަށް އިރުޝާދު ދިނުން

-          އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ހިންގާ ބޯރޑަށާއި، ރައީސް އޮފީސް އަދި ފިނޭންސް މިނިސްޓްރީއަށް ބޭނުންވާ މާލީ ތަފާސް ހިސާބު ފޯރުކޮށްދިނުމާއި، ފައިސާއާއި ގުޅޭ ކަންކަމުގައި ޖަވާބުދާރީވުން.

-          ފައިސާގެ ކަންކަމުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ހުށައެޅޭ މައްސަލަތަކުގައި ވަކާލާތުކުރުމަށް ބޭނުންވާ ފައިސާއާއި ގުޅުން ހުރި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެފަދަ މައްސަލަތަކުގައި ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީ ވުން. 

 

 

މަޤާމުގެ ޝަރުޠުތައް:

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން.

އަދި

ފައިނޭންސް/އެކައުންޓިންގ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. (އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާންވާނެއެވެ.)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-          އިންޓަރނޭޝަނަލް ފައިނޭންށަލް ރިޕޯޓިންގް ސްޓޭންޑާރޑްސްގެ މަސައްކަތް ދަންނަފަރާތެއްކަމުގައިވުން.

-          ހިންގުންތެރިކަމުގެ ހުނަރުހުރުމާއި ކަންކަމުގަ ޒިންމާ ނެގޭވަރު ފަރާތެއްކަމުގައިވުން.

(މަޤާމުގެ ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. "ޗީފް ފައިނޭންސަލް އޮފިސަރގެ ވަޒީފާއަށް އެދޭ މަޢުލޫމާތު ފޯމު"(މި ފޯމު މިހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިހޮސްޕިޓަލުގެ އީމެއިލް [email protected] އަށް މެއިލްއަކުން އެދިލެއްވުމުން ފޮނުވައިދެވޭނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

3. ޕަބްލިކް ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ހާޞިލުކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ ސްޓޭންޑަރޑްސް (އިޕްސާސް) ގެ ތަމްރީނުތަކާއި ގަވަރމަންޓު ފައިނޭންސް ސްޓެޓިސްޓިކްސް (ޖީއެފް.އެސް) ގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތު، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އަދި ވަޒީފާ އަދާކޮށްފައިވާ މަޤާމަކީ މުސާރަ ލިބޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 (ރ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުންނިތަކާއި އަމިއްލަ އިދާރާތަކާއި، ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް ފުރިހަމަކޮށްފައިވާ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

6. ޗީފް ފައިނޭންސިއަލް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ޗީފް ފައިނޭންސިއަލް އޮފިސަރގެ  މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

8. ޗީފް ފައިނޭންސިއަލް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (މިހޮސްޕިޓަލުގެ އީމެއިލް     [email protected] އަށް މެއިލްއަކުން އެދިލެއްވުމުން ފޮނުވައިދެވޭނެއެވެ).

ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (3)، (4)،  އަދި (5) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

 މަގާމަށް އެދެންވީގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދި ސިޓީ އާއި ލިޔުންތައް ހުށަހަޅާނީ  2023 މާރިޗް 16 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން، މި ހޮސްޕިޓަލުގެ ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އަދި އިމްތިހާން އޮންނާނީ، 18  މާރިޗް  2023 އާއި 30 މާރިޗް 2023 އާ ދެމެދު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885045 އަށެވެ.

09 މާރިޗު 2023
ހޯދާ