މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
ދިވެހި މުދައްރިސުން

 ވަޒީފާގެ ފުރުޞަތު

މި މަދުރަސާއަށް، ކޮންޓްރެކްޓް އެމްޕްލޯއިމެންޓް އުސޫލުން، 3 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، ތިރީގައިމިވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.  

މަޤާމް:  ދިވެހި މުދައްރިސުން

ބޭނުންވާ އަދަދު:

 2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

މަދުރަސަތުލް ސުލްޠާން މުޙައްމަދު، ގއ. ދެއްވަދޫ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ސްކޫލުން ކަނޑައަޅާ ގުރޭޑްތަކުގެ ދަރިވަރުންނަށް ދިވެހި ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން (ސްކީމާއި ލެސަން ޕުލޭން ތައްޔާރުކުރުމާއި، އިމްތިޙާން ދިނުމާއި، ނަތީޖާ ތައްޔާރުކުރުމާއި، ޓީޗިންގ އެއިޑްސް ތައްޔާރުކުރުންފަދަ ކަންތައްތައް ކުރުން.)

ޝަރުޠު:

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން، ތިރީގައިމިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

ރިލީފް ޓީޗަރ

ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެއްސާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވުން.

މަހަކު 4،000.00 ރުފިޔާ

މަހަކު 1،500 ރުފިޔާ

 

ރިލީފް ޓީޗަރ

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަހަކު 3،565.00 ރުފިޔާ

މަހަކު 1،500 ރުފިޔާ

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދޭ މާއްދާއާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

 

މަހަކު 5،020.00 ރުފިޔާ

 

މަހަކު 2،500.00 ރުފިޔާ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދޭ މާއްދާއާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

 

މަހަކު 5،610 ރުފިޔާ

 

މަހަކު 2،500.00 ރުފިޔާ

MS2

 

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވއިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

 

މަހކު 6،295.00 ރުފިޔާ

 

މަހަކު 2،500.00 ރުފިޔާ

 

 

 

 

MS3

 

 

 

 

 

 

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަހަކު 7،035.00 ރުފިޔާ

 

 

 

 

މަހަކު 2،500.00 ރުފިޔާ

 

 

 

 

 

 

 

MS4

 

 

 

 

 

 

 

ޓީޗިންގ ސަރވިސް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީ އޮތުމާއެކު، ތަޢުލީމީ ދާއިރާއިން އިތުރު ބެޗްލަރސް ޑިގްރީއެއް ނުވަތަ ޕޯސްޓް ގުރެޖުއޭޓް ސެޓްފިކެޓެއް ނުވަތަ ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ(ބެޗްލަރސް ޑިގްރީއެއް ނެތި) އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑޕްލޮމާއެއް ހާސިލު ކޮށްފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

މަހަކު 7،875.00 ރުފިޔާ

 

 

 

 

 

 

މަހަކު 2،500.00 ރުފިޔާ

 

 

 

 

 

 

 

EX1

 

 

 

 

 

 

 

ޓީޗިންގ ސަރވިސް އޮފިސަރ 6

-ކިޔަވައި ދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން. ނުވަތަ،

-ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އަދި ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލު ކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން. ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 5ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

މަހަކު 8،835.00 ރުފިޔާ

 

 

 

 

 

 

 

މަހަކު 2،500.00 ރުފިޔާ

 

 

 

 

EX2

 

 

 

 

ޓީޗިންގ ސަރވިސް އޮފިސަރ 7

-ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ އެއަށްވުރެ މަތި ފާހެއް ހާސިލު ކޮށްފައިވުން.

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަހަކު 9،890.00 ރުފިޔާ

 

 

 

މަހަކު 2،500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެނޫން ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަރވިއުއާއި އިމްތިޙާންކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ޖަނަވަރީ 7 ވާ ބުދަދުވަހު، ގއ. ދެއްވަދޫ މަދުރަސަތުލް ސުލްޠާން މުޙައްމަދުގައެވެ. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު ބޭއްވުމުގެ 24 ގަޑިއިރުގެ ކުރިން އެކަން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓް ލިސްޓްކުރާއިރު ހޮވޭ ފަރާތްތަކާއެކުއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މި ފޯމު، މި މަދުރަސާއިން ލިބޭނެއެވެ.)

2- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ).

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީ) (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީގެ އަސްލު).

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤް ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް"

8. ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކުން ވަޒީފާ އަދާކުރި އޮފީސްތަކުން ހޯދާފައިވާ ލިޔުންތައް.

ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2015 ޖެނުއަރީ 5 ވާ ހޯމަދުވަހުގެ 14.00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި މަދުރަސާއަށް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983076 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅަންވާނީ މި މަދުރަސާގެ އިދާރާއަށެވެ. މި މަދުރަސާގެ ފެކުހަށާއި މެއިލަށް ފޮނުވާ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

                        3 ރަބީޢުލް ޢައްވަލް 1436   

25 ޑިސެންބަރު 2014
ހޯދާ