ދިވެހިރާއްޖެ
އިޢްލާން
ދ.މާއެނބޫދޫ ރ.މ.ރުއްގަނޑާއި ރ.ރ ރުއްގަނޑު ކުއްޔަށް ދޫކުރުމާގުޅޭ
މިރަށު ރ.މ ރުއްގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ ދެރުއްގަނޑާއި، ރ.ރ ރުއްގަނޑު ވަކިވަކިން 3 އަހަރު ދުވަހަށް
ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައިފީމެވެ.
މިގޮތުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ އަމީނީމަގުގެ އިރު އުތުރުން ފެށިގެން ޒިޔާރަތްމަގާ ދެމެދު ރ.މ ޖަހާފައިވާ ރުއްތަކަކީ އެއް ރުއްގަނޑުގެ ގޮތުގައެވެ. އަނެއް ރުއްގަނޑަކީ އަމީނީމަގުގެ އިރުދެކުނު ކަންމަތިން ފެށިގެން ދެކުނުފަރާތުންގޮސް މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާ ހަމައަށް ރ.މ ޖަހާފައިވާ ރުއްގަނޑެވެ. އަދި ރ.ރ ރުއްގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ ރުއްގަނޑަކީ ޒިޔާރަތްމަގު ހުޅަނގު އުތުރުން ފެށިގެން މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓާހަމައަށް ރ.ރ ރުއްގަނޑުގެ ގޮތުގައި ފާހަގަ ކޮއްފައިވާ ރުއްގަނޑެވެ.
އިތުރު މަޢުލޫމާތާއި، އަންދާސީ ހިސާބު ހުށަހެޅުން
1- ރުއްގަނޑުތައް ކުއްޔަށް ދޫކުރެވޭނީ 3 (ތިނެއް) އަހަރުގެ މުއްދަތަށެވެ.
2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 މާރިޗު 21 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
3- އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފޯމާއި، މަޢުލޫމާތުޝީޓް މިއަދުންފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު
- މި އިޢްލާނާ ގުޅިގެން ދ.މާއެނބޫދޫގެ ކޮންމެ ރައްޔިތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ.
- ކޮންމެ ރުއްގަނޑަކަށް ވަކިވަކިންވެސް އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ރުއްގަނޑަކަށް 1 އަންދާސީ ހިސާބެވެ.
- ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
- ރުއްގަނޑު ޙަވާލުކުރެވޭނީ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެއްވަރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ބިޑްއެވޯޑް ކުރުމަށްފަހު ޤަބޫލުކުރެވޭ ޢުޒުރެއްނެތި، މަސައްކަތް ނުކުރެވޭނެކަމަށް އަންގާ ދޫކޮއްލާ އެއްވެސް ފަރާތަކަށް، އެ ދޫކޮއްލި މަސައްކަތަކަށް އެ އަހަރުތެރޭގައިކުރާ އިޢުލާނަކާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ރުއްގަނޑު ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް
ތަފްޞީލް |
އިންސައްތަ |
ހުށަހަޅާފައިވާ އަގަށް |
95% |
ތަޖުރިބާއަށް(ތަޖުރިބާ ބަލާނީ މީގެކުރިން މިފަދަމަސައްކަތްކޮށް ގިނަލިޔުން ހުށަހަޅާފަރާތަކީ ބެންޗުމާކު ކަމުގައި ބަލައިގެން) |
5% |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.