ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/55
އިޢުލާން
އުޅަނދުފަހަރު އެޅުމަށް ބޯސާދޫކުރުން
ހަނިމާދޫގައި ތަރައްގީ ކުރެވިފައިވާ ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި ބަނދަރު ބޭނުން ކުރާނޭގޮތުގެ އުސޫލުގައި ވާގޮތުގެ މަތިން އެއްގަމު ތޮއްޓާއި ކަނޑުތޮށީގައި އުޅަނދުފަހަރު އެޅުމަށްޓަކައި ބޯސާ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު 2023 މާރިޗް 12 ވަނަ ދުވަހުންފެށިގެން ހުޅުވާލަމެވެ. މިގޮތަށް ބޯސާ ރަޖިސްޓަރީ ކުރާގޮތަށް ހަމަޖެހުމުން ލަފާފުރާ ދަތުރުވެރި އުޅަދުތައް ފިޔަވާ އެނޫން އާއްމުކޮށް ފަޅުގައި އަޅާފައި ބާއްވަންޖެހޭ އުޅަނދުތައް، އެ އުޅަނދެއް ރަޖިސްޓަރީ ވާ ބޯސާ ނުވަތަ ސަރަހައްދެއް ގައި މެނުވީ އުޅަނދުފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެކެވެ.
ވީމާ އުޅަނދުފަހަރު ގެންގުޅުއްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން އުޅަނދުފަހަރު ބޯސާ ރަޖިސްޓަރީ ކުރެއްވުމަށްފަހު އެ އުޅަނދަކަށް ޙާއްސަކުރެވިފައިވާ ސަރަހައްދެއްގައި އުޅަނދު އަޅާފައި ބޭއްވުމަށް އަންގާ އިޢުލާން ކުރީމެވެ.
09 މާރިޗް 2023