ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމް މާރިޗު 2014 އަދި ސެޕްޓެންބަރު 2014 އާ ގުޅޭ

'ނޭޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އޮންގޮއިން - ސެޕްޓެންބަރު 2014 (އޯވަރސީސް)' އަދި 'ނޭޝަނަލް ސްޓޫޑެންޓް ލޯން ސްކީމް އޮންގޮއިން - މާރިޗު 2014 (އޯވަރސީސް)'ގެ ދަށުން ލޯނުއެހީގެ ފުރުޞަތުލިބި، މިފުރުޞަތުގެ ބޭނުން ހިފާފައިނުވާ ދަރިވަރުންނަށް މިފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި އިތުރު 6 މަސްދުވަހުގެ މުއްދަތެއް ދޭންހަމަޖެހިފައިވާތީ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އަދި މި ދެންނެވުނު ދެ ސްކީމުގެ ދަށުން އެހީލިބި މިހާތަނަށް އެ އެހީގެ ބޭނުން ހިފާފައިނުވާ ދަރިވަރުން، ލޯނު ލިބުނުކަން އަންގާ ލިޔުމުގައި ބަޔާންކުރެވިފައިވާ ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވުމުގެ ކުރިން، މިއެހީގެ ބޭނުން ކުރުމަށް ދެންނެވީމެވެ. އަދި އިތުރު ކުރެވުނު މުއްދަތުގެ ތެރޭގައި މި އެހީ ބޭނުން ކުރައްވާފައިނުވާނަމަ ލޯނު އެހީގެ ފުރުޞަތު ބާޠިލު ވާނެއެވެ. މިފުރުޞަތު ދެވިފައިވަނީ ފުރުޞަތު ހޯދުމަށް ހުށަހެޅިއިރު ހަދަމުންދިޔަ ކޯހުގެ ބާކީ ބަޔަށް ޚަރަދުކުރުމަށެވެ. ވީމާ، ފޯމު ހުށަހެޅުއްވިއިރު ފޯމުގައި ބަޔާންކުރައްވާފައިވާ ކޯސް މިހާރު ނިމިފައިވާ ފަރާތްތަކަށް އަދި ބަޔާންކުރެވިފައިވާ ކޯސް ނޫން އެހެން ކޯހެއް ފުރިހަމަކުރުމަށް ލިބިފައިވާ ފުރުޞަތު ބޭނުންނުކުރެވޭނެ ވާހަކަވެސް ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. އަދި އެހީގެ މުއްދަތު އިތުރުކޮށްދެވިފައި މިވަނީ ސުރުޚީގައި ދެންނެވިފައިވާ ދެ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލެވުނު ފުރުޞަތަށް ހޮވިފައިވާ ދަރިވަރުންނަށްކަންވެސް ފާހަގަކުރަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 ، 3341381 އާ ގުޅުއްވުން އެދެމެވެ.

25 ޑިސެންބަރު 2014
ހޯދާ