ދިވެހިރާއްޖެ
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލައިސަންސް ފީ ދެއްކުމަށްފަހު ލައިސަންސް ނެގުމަށް އަންގާފައިވާއިރު އެ ފީ ނުދައްކައި އަދި ލައިސަންސް ނަގާފައިނުވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލު ފާސްކުރުމާ ގުޅިގެން ލައިސަންސް ފީ ދައްކައި ލައިސަންސް ނެގުމަށް 30 މަސައްކަތު ދުވަސް ދީ، އަދި މި މުއްދަތުގައި ލައިސަންސް ނުނަގާނަމަ ލައިސަންސް އެޕްލިކޭޝަން ބާޠިލުވާނެކަމާއި، އަދި އަލުން ލައިސަންސަށް އެދޭ ކަމުގައިވާނަމަ ހުރިހާ ލިޔެކިޔުންތަކާއެކު ފޯމު އަލުން ހުށަހަޅަން ޖެހޭނެކަމާއި، މާލެ، މާލެ ޞަރަހައްދު ނުވަތަ މުޅިރާއްޖެއަށް ޚިދުމަތް ދިނުމަށް ލައިސްންސަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އެ ސަރަޙައްދުތަކަށް އަލުން އެޕްލިކޭޝަން ހުށަހެޅޭނީ އެ ދާއިރާތަކަށް ލައިސަންސް ދޫކުރުމަށް ކޮމިޝަނުން އިޢުލާނުކޮށް ހުޅުވާލާ މުއްދަތުގެ ތެރޭގައިކަން ތިރީގައިވާ ފަރާތަށް އަންގާފައިވާކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
- ލައިސަންސަށް އެދިފައިވާ ކުންފުނި: މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވާރކް ޕްރައިވެޓް ލިމިޓެޑް
- ލައިސަންސް ނަންބަރު: 41/LCM/RB/2014-ފ427
- ޚިދުމަތްދޭ ސަރަޙައްދު: މުޅިރާއްޖެއަށް
- ލައިސަންސް ފީ ދެއްކުމަށްފަހު ލައިސަންސް ނެގުމަށް ފުރަތަމަ އަންގާފައިވާ ތާރީޚު: 19 އޮކްޓޫބަރު 2014
- ލައިސަންސް ފީ ދެއްކުމަށްފަހު ލައިސަންސް ނެގުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚު: 08 ފެބުރުވަރީ 2015
03 ރަބީޢުލްއައްވަލް 1436