ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އއ.ތޮއްޑޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "ފާމަރސް މާކެޓް އަދި ޕްރޮސެސިންގ ފެސިލިޓީ" އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

މި ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "ފާމަރސް މާކެޓް އަދި ޕްރޮސެސިންގ ފެސިލިޓީ" (5,000 އަކަފޫޓު) އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

      

ތަން

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރުން

މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ

އާދީއްތަ

19 މާރިޗު 2023

14:00

އަންދާސީހިސާބު ހުށަހެޅުން

ހޯމަ

3 އޭޕްރިލް 2023

14:00

 

އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587  އަށް ގުޅުއްވުން އެދެމެވެ.

 

 

 

08 މާރިޗު 2023
ހޯދާ