ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް ތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް މިނިސްޓްރީ އޮފް އެޑިއުކޭޝަން |
|
|
މާލެ، |
އިޢުލާން ނަންބަރ: |
(IUL)461/461/2023/5 |
ދިވެހިރާއްޖެ.
|
|
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ:
- މި ޑިޕާޓްމަންޓައް 4 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓުގައި ރަޖިސްޓަރީ ކުރުމަށް 2023 މާރިޗު 08 ން 2023 މާރިޗު 13 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކޮށްދެއްވުން އެދެމެވެ. މި މުއްދަތުގައި މެއިލްކޮށްފައިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވޭނެއެވެ.
އީމެއިލް އެޑްރެސް: [email protected]
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރިޗު 14 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗު 16 ވަނަ ދުވަހުގެ 10:00 ގައިކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓު، (ގ. އެދުރުހިޔާ 09 ވަނަ ފަންގިފިލާ)ގެ މީޓިންގ ރޫމު ގައެވެ.
- މިޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް
ގ. އެދުރުހިޔާ، 9 ވަނަ ފަންގިފިލާ
ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341158
އީ-މެއިލް: [email protected]
08 މާރިޗު 2023
ހޯދާ