މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު ނުވަތަ މުދިމު

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)333/333/2014/81  

ތާރީޚު: 25 ޑިސެންބަރު 2014

މަޤާމު:

އިމާމު ނުވަތަ މުދިމު (މަޤާމު ނަންބަރު: 224306)

މަޤާމު:

1 (އެކެއް)

ކްލެސިފިކޭޝަން:

އިމާމު: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުދިމު: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

އިދާރާ:

މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ 

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ އަތޮޅުތު ލުސްދޫ ކައުންސިލްގެ އިދާރާގެ މިސްކިތްތައް

މުސާރަ:

އިމާމު: 4465.00 ރުފިޔާ މުދިމު:  3565.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު 

މަޤާމުގެ ނަން

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުދިމު

ޖީއެސް 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތިޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ، ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. އަދި؛

  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

އިމާމު

ޖީއެސް 3

އެސިސްޓެންޓް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • މުދިމުކަމުގެ ސަނަދު ލިބފައިވުން.
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު

ޖީއެސް 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • އިމާމުގެ މަޤާމުގައި ޖީއެސް 3 ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު

އެމްއެސް 1

ޓެކްނިކަލް  އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު

އެމްއެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިސް އިމާމު

އެމްއެސް 3

ސިނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމުގެ މަޤާމުގެ އެމް.އެސް 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު: 

  1. ފަރުޟު ފަސްނަމާދު ވަގުތު ވަނުމުން، ހަވާލުކުރެވިފައިވާ މިސްކިތުގައި ބަންގިގޮވައި، އިމާމުވެ ނަމާދުކުރުން.
  2. ފަރުޟު ފަސްނަމާދުގެ އިތުރުން، އިމާމުވެ ކުރަންޖެހޭ ނަމާދުތައް ކުރުން.  
  3. ކައުންސިލް އިދާރާއިން އަންގަވައިފިނަމަ މަރުވާމީހުން ހިނަވައި، ކަށުނަމާދުކޮށް ވަޅުލުން. 
  4.  މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ކަމެއް ކުރާނަމަ، އެކަމަކަށް އެހީތެރިވެދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން. 
  5. މީގެ އިތުރުން، މިސްކިތާ ގުޅޭގޮތުން ކައުންސިލް އިދާރާއިން އަންގަވާ ކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖުރިބާ.
  3.  މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކުރުން. 

އިންޓަވިއުކުރުން:

އިންޓަރވިއު  ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓު:

މި މަޤާމަށް މީހަކު ހޮވާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތެކެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް [email protected] އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. އަޑީ ކާޑުގެ ކޮޕީ (ކިޔަންއެނގޭ ސާފު ކޮޕީ)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)   
  4. ސްކޫލްގައި އުޅެފައިވާނަމަ، ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަނަވަރު ނުވަތަ ސީވީ
  6. ވަޒީފާއެއްގައި އުޅެފައިވާނަމަ، އެ ވަޒީފާއެއްގައި އުޅުނުކަމުގެ ލިޔުން.
  7. ވަޒީފާއެއްގައި އުޅެމުންދާ ފަރާތެއްނަމަ، ވަޒީފާ އަދާކުރާފަރާތުގެ އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މާލެ އަތޮޅުތު ލުސްދޫ ކައުންސިލްގެ އިދާރާ.

 

މުސާރައިގެ އިތުރުން ދެވޭ އުޖޫރަތަކާއި ޢިނާޔަތްތައް:

މި މަޤާމުގައި ވަޒީފާ އަދާކުރާ ފަރާތްތައް އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާއި، ބަންދު ދުވަހުގެ ފައިސާއާއި، މަސައްކަތަށް ރަނގަޅުނަމަ، ސިވިލް ސަރވިސް މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި ކޮންމެއަހަރަކު    30 ދުވަހާއި، ހަމަޖެހިފައިވާ އުޞޫލުން އާއިލީ ޒިންމާގެ ޗުއްޓީގެ 10 ދުވަސް ލިބޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި:

2015 ޖަނަވަރީ 12 ވާ  ހޯމަދުވަހުގެ 14:30 ގެ ކުރިން، މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ.

ނޯޓް:

- މި އިޢުލާނަކީ، މި އިދާރާއިން 28 ސެޕްޓެންބަރު 2014 ގައި ސަރުކާރުގެ ގެޒެޓުގައި ޝާޢިޢުކުރި ނަންބަރު IUL)333/333/2014/63 ގެ އިޢުލާނާ ގުޅިގެން މި ވަޒީފާއަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުން، އެ އިޢުލާން ބާޠިލްކުރުމަށްފަހު، ދެވަނަފަހަރަށް މި ވަޒީފާއަށް މީހަކު ހޯދުމަށް ކުރެވިފައިވާ އިޢުލާނެކެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު 6640183 ފޯނާއެވެ.

- ފެކުހާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

3 ރަބީޢުލްއައްޥަލް 1436

25 ޑިސެންބަރު 2014
ހޯދާ