ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފްރުޓް ފްލައި އަދި ހުދު ކޫޑި ކޮންޓްރޯލް ކުރުން

ފްރުޓް ފްލައި އަދި ހުދު ކޫޑިއަކީ މިދުވަސްވަރު ރުއްރުކާއި އަނބުގަސް އަދި މިނޫންވެސް އެކި ބާވަތުގެ ގަސްގަހުގައި ފެތުރެމުން އަންނަ ނުރައްކާތެރި ޕެސްޓެކެވެ. މި ދެބާވަތުގެ ޕެސްޓް ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ ބަޔޯކޮންޓްރޯލެއްކަމުގައިވާ "ބިއުވެރިއާ ބެސިއާނާ" އަދި ޓްރެޕްސް ވަނީ މިކައުންސިލަށް ލިބިފައިއެވެ.

ވީމާ، ފްރުޓް ފްލައި ޓްރެޕްސް އަދި މިބަޔޯކޮންޓްރޯލް ބޭނުންފުޅުވެލައްވާ ބޭފުޅުން 13 މާރޗް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތީރީގައިވާ ގޫގުމްފޯމް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ފޯން ނަންބަރ6527173  އަށް 09 މާރޗް އިން 12 މާރޗް 2023 ރަސްމީ ކޮންމެ ދުވަހެއްގެ 8:30 ން 9:30 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މި ޓްރެޕްސް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ނަންނޯޓް ކުރަށްވާ 18 ގޭބީސީއަށެވެ. އަދި ބަޔޯކޮންޓްރޯލް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޭބީސީއަކަށް 10 ގްރާމް އެވެ.

ފްރުޓް ފްލައި ޓްރެޕްސް އަދި ބަޔޯކޮންޓްރޯލް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓް ކުރުމަށް:

https://forms.gle/sHHHwSd9yg2BK3SAA

ފްރުޓް ފްލައި ޓްރެޕްސް އަދި ބަޔޯކޮންޓްރޯލް ބޭނުންކުރާނެ ގޮތް:

https://kulhudhuffushicity.gov.mv/pest-control

   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 މާރިޗު 2023
ހޯދާ