ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިޖުތިމާއީ މަރުކަޒު ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 1 ގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން މިކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 މާރޗް 16 ވާ ބުރާސްފަތި ދުވަހުގެ 13:15 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އުތީމު ކައުންސިލްގެ އިދާރާއިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއް 2023 މާރޗް 21 ވާ އަންގާރަ ދުވަހުގެ 13:15ގެ މި ކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރި ނުވެވުނު ކަމުގައި ވީނަމަވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ރަޖިސްޓްރީ ކޮއްފައިވާނަމަ އެފަރާތަކަށް އޮންނާނެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 30 މާޗް 2023 ވާ ބުރާސްފަތި ދުވަހު 13:00 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6500038
އީމެއިލް އެޑްރެސް: [email protected]