ދިވެހިރާއްޖެ
މިކޯޓުގައި ބޭނުންކުރަމުންދާ އެއަރކޮންޑިޝަން ޔުނިޓްތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތަށް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުނން އަންދާސީހިސާބު ހުށަހެޅުއްވުމަށް 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 11:00 މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 13 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން[email protected] އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.