ދިވެހިރާއްޖެ
މިކައުންސިލްގެ 2 ވަނަ ޤުރްއާން މުބާރާތް މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 24 ވަނަ ދުވަހު ފެށުމަށް ވަނީ އިންތިޡާމް ކުރެވިފައެވެ.
ވީމާ، މި މުބާރާތް ކުރިޔަށް ގެންދާނޭގޮތް ވިލަރެސްކޮށް މުލަކަށް ވަޑައިގަތް މުބާރާތް ހިންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށް ފަހު މަސައްކަތުގެ އަގު އެނގެން އޮންނާނޭހެން ޕްރޮޕޯސަލް ތައްޔާރުކޮށް 2023 މާރިޗް 12 ވަނަ ދުވަހުގެ 13:00އަށް މި އިދާރާއަށް ބިޑު ހުށަހެޅުއްވުން އެދެމެވެ.
- މުބާރާތުގެ ފަނޑިޔާރުކަންކޮށްދިނުން
- ސުވާލުތައް ތައްޔާރުކުރުން (ޑިޖިޓަލްކޮށް)
- މާކްސް ޝީޓް ތައްޔާރުކުރުން
- މުބާރާތުގެ ވަނަތައް ހޮވުން.
- މުބާރާތް ހިނގާދިޔަގޮތާއި، އިތުރަށް ރަނގަޅުކުރަންހުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ރިޕޯރޓެއް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ކައުންސިލުން ފޯރުކޮށްދެވޭނެ ޚިދުމަތްތަކުގެތެރޭގައި ދަތުރުފަތުރާއި، ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ. އަދި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)364-MSS/364/2023/14 އިޢުލާނު ބާޠިލުކުރެވިފައިވާ ކަމުގައިވެސް ދަންނަވަމެވެ