ދިވެހިރާއްޖެ
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމު: ލޭބަރަރ ގރ. 1
އަދަދު: 1
މުސާރަ: -/3240ރ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ 137 (ސ. ހިތަދޫ) ފިހާރަ
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
މަޤާމުގެ މަސްއޫލިއްޔަތު:
* މުދާ ޑެލިވަރ ކުރުމުގެ މަސައްކަތް
* މުދާ ގުދަނުގެ މަސައްކަތް
* މުދާތައް ކަސްޓަމަރުންނަށް ޑެލިވަރ ކުރުމުގައި އެހީތެރިވުން
* ފިހާރައިގެ އެހެނިހެން މަސައްކަތުގައި އެހީތެރިވުން
* ފިހާރަ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން
ތަޢުލީމާއި ތަޖުރިބާ:
* ގްރޭޑް 7 ގެ ފެންވަރު ހުރުން
* މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.
* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 8 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 137 ނަންބަރު ފިހާރަ (ސ. ހިތަދޫ) ފިހާރައިންނާއި އެސްޓިއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް
ނޯޓް:
އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ– 20345
ނުވަތަ އެސްޓީއޯ 137 ފިހާރަ، ސ. ހިތަދޫ
ފޯން: 3344273 ވެބްސައިޓް: www.stomaldives.com