މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ގެނެވޭ ޙާފިޡުގެ ކެއުމާއި ހުރުން ހަމަޖެއްސުމާއި ގުޅޭ

   (IUL)307/INDIV/2023/17:ނަންބަރު

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނައުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ، ޙާފިޡުގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

އަދި މިފަދަ ކަންކަން ހިލޭ ސާބަހަށް ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފައުޅުކުރައްވަމުން ގެންދަވާތީ، އެފުރުޞަތު ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކުން ދެންނެވުނު ތާރީޚުގައި އެކަމަށް އެދި ސިޓީ ހުށަހެޅުވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

07 މާރިޗު 2023
ހޯދާ