ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގެ މަގުތަކާއި އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމާއި ގުޅޭ

ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމުތަންތަނަކީ ސާފުޠާހިރު އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ބޭނުންކުރެވޭ ތަންތަނަށް ހެދުމަށްޓަކައި މަގުތަކާއި އާންމު ތަންތަނުގައި، މި އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ މި އިދާރާއިން ނިންމާފައެވެ.

ވީމާ، ގަވާއިދުގެ ނަންބަރު: (2014/R-184) "އާންމު އުނދަގުލާބެހޭ ގަވާއިދު"ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް މިއިދާރާގެ ހުއްދަ ހޯދުމަކާއިނުލާ މަގުތަކާއި އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަތަކެތި އިތުރު އެންގުމަކާއިނުލައި ނަގަމުން ގެންދާނެ ވާހަކަ ދަންނަވެމެވެ. އަދި މިގޮތަށް ނެގޭ ތަކެތި އަނބުރާ ހަވާލު ނުކުރެވޭނޭ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

08 މާރިޗު 2023
ހޯދާ