މަޤާމް:
|
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ
|
ރޭންކް:
|
ޖީ.އެސް 4
|
ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
އޮފީސް / އިދާރާ:
|
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
|
ސެކްޝަން:
|
އެޓޮލް ޑިވެލޮޕްމަންޓް ސަރވިސަސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓް
|
މުސާރަ:
|
މަހަކު -/5،020 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1،500 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އަތޮޅުގެ ރަށްރަށުގެ ބިމާބެހޭ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
- ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ފާމަސީތަކާއި، ޢާންމު ޞިއްޙަތާއި، އެކިއެކި ރޯގާތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
- ޤުދުރަތީ ކާރިސާތަކާއި، ތިމާވެށީގެ މައްސަލަތަކާއި، ކަނޑުމަތީގެ ހާދިސާތަކާއި، އަލިފާނުގެ ހާދިސާތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
- ސްކޫލް މަދަރުސާތަކާއި، ޓިއުޝަން ކިލާސްތަކާއި، ޤުރްއާން ކިލާސްތަކާއި، ޕްރީ ސްކޫލްތަކާއި، ތަޢުލީމީ ދާއިރާގެ ކަންކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
- އަތޮޅާއި، ރަށްރަށާބެހޭ މަޢުލޫމާތު ހޯދުމަށް ހުށަހެޅޭ މައްސަލަތަކާއި، އިޖުތިމާޢީ ޚިދުމަތްތަކާއި، ކުޅިވަރު ކުޅޭ ތަންތަނާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
- މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
- ލިބިފައިވާ މަސައްކަތު ތަޖުރިބާ.
- ލިބިފައިވާ ހުނަރު.
|
އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި: |
މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2015 ޖަނަވަރީ 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، އއ.އަތޮޅު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
|
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 6660606 ނަންބަރު ފޯނާ ގުޅުމުން ލިބޭނެއެވެ. ފެކްސް ނަންބަރަކީ،6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
|