ނ. ކެނދިކުޅުދޫ ބަނދަރުގައި ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ގޭދޮށު މަސްޕްލާންޓް )ނެއިބަހުޑް ފިޝް ފްރޮސެސިން ޕުލާންޓް)ގެ 3 ކޮމްޕޮނެންޓުގެ ޢިމާރަތްތައް، ތައްޔާރުކޮށްފައިވާ ކުރެހުންތަކާއި ސްޕެސިފިކޭޝަނާއި އެއްގޮތަށް، އަމިއްލަތަކެތީގައި ޢިމާރާތްކޮށް، ފިނިޝިންއާއިއެކު (އައިސް ޕްލާންޓާއި ވީ.އާރު.ވީ (VRV) ޔުނިޓު އަދި ކޯލްޑު ސްޓޯރުގެ ކޮނޑެންސޭޝަން (Condensation) ޔުނިޓުތަކާއި އެވަޕޮރޭޓަރ (Evaporator) ޔުނިޓުތަކާއި ފަރުނީޗަރު އަދި އައިޓީ(IT) އިކުއިޕްމަންޓް ނުހިމަނާ) ނިންމަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަތަކެތީގައި ނ.ކެނދިކުޅުދޫ ގޭދޮށު މަސްޕްލާންޓްގައި ހިމެނޭ 3 ކޮމްޕޮނެންޓްގެ ޢިމާރާތްތައް ޤާއިމްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން
|
- ބިޑުގައި ރަޖިސްޓްރީވާން އެދިލައްވާ ފަރާތްތަކުން، 16 މާރިޗު 2023 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ފޯމް ފުރިހަމަ ކުރަންވާނެއެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- https://forms.office.com/r/fMYTqn0Nqz
- މިބީލަމުގައި ރަޖިސްޓްރީ ވުމަށް 250/- (ދުއިސައްތަ ފަންސާސް ދިވެހި ރުފިޔާ)ގެ ނޮން-ރިފަންޑަބްލް ރެޖިސްޓްރޭޝަން ފީއެއް ނެގޭނެއެވެ.
- މަތީގައިވާ ލިންކް މެދުވެރިކޮށް ދީފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ކެނދިކުޅުދޫ ކައުންސިލްގެ މިދަންނަވާ އެކައުންޓަށް ރެޖިސްޓްރޭޝަން ފީ ޓްރާންސްފަރ ކުރައްވަންވާނެއެވެ. އަދި ކެނދިކުޅުދޫ ކައުންސިލްގެ ކޯޕަރޭޓް ޔުނިޓުގެ ވައިބަރ ނަންބަރު +9609442742 އާއި ކެނދިކުޅުދޫ ކައުންސިލުގެ ޕްރޮޖެކްޓްސް އީމެއިލް [email protected] އަށް ފައިސާ ޓްރާންސްފަރ ކުރިކަމުގެ ރަޝީދު ފޮނުއްވަވަން ވާނެއެވެ.
އެކައުންޓް ނަންބަރު : 7720700434001
އެކައުންޓް ނަން: 1326 REVENUE 1
- ރަޖިސްޓްރޭޝަން ފުރިހަމަކުރެވޭނީ ފޯމު ފުރުމަށްފަހު ރަޖިސްޓްރޭޝަން ފީ ޓްރާންސްފަރ ކުރިކަމުގެ ރަޝީދު ފޮނުވުމުންނެވެ.
- ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުން، ބީލަމުގެ މަޢުލުމާތު ކަރުދާހާއި، ޢިމާރާތުގެ ތަފްސީލު ކުރެހުންތަކާއި، ބީލަން ހުށަހަޅާ ފޯމު އަދި ބީލަން ހުށަހެޅުމަށް މި އިދާރާއިން ފޯރުކޮށްދޭ އެންމެހާ ޑޮކިޔުމެންޓްތައް، ކެނދިކުޅުދޫ ކައުންސިލުގެ ޕްރޮޖެކްޓްސް އީމެއިލް [email protected] މެދުވެރިކޮށް، ރަޖިސްޓްރޭޝަން މުއްދަތުގެ ތެރޭގައި އެފަރާތަކަށް މެއިލް ކުރެވޭނެއެވެ.
|
ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން
|
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 22 މާރިޗު 2023 ވާ ބުދަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- ބީލަން ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމުކަމެކެވެ.
- ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.
- ބައްދަލުވުމުގައި، ގޭދޮށު މަސްޕްލާންޓްގައި ހިމެނޭ 3 ޢިމާރާތުގެ ކުރެހުންތަކާއި ސްޕެސިފިކޭޝަންގެ އިތުރުން ބީލަމުގެ މުހިންމު މަޢުލޫމާތާއި ތަފްސީލު ޙިއްސާކުރެވޭނެއެވެ.
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން
|
- ބީލަން ހުޅުވުން އޮންނާނީ 27 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހެޅިފަރާތުގެ މަޢުލޫމާތާއި ޕްރޮޖެކްޓް ނަމާއި އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.
- އީމެއިލް މެދުވެރިކޮށްވެސް ބީލަން ހުށަހެޅުއްވޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަށްވާނެއެވެ. މެއިލް ކުރަށްވާނީ [email protected] އަށެވެ.
- ނަންނޯޓު ނުކުރައްވާ ނުވަތަ ރެޖިސްޓްރޭޝަން ފުރިހަމަނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހިގެން ބީލަން ހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށާއި، ގަޑިޖެހުމަށްފަހު އީމެއިލް މެދުވެރިކޮށް ފޮނުވާ ބީލަންތަކަށް ފުރުޞަތެއް ނުދެވޭނެއެވެ.
|
މާކްސް ދިނުން
|
- މަސައްކަތު އަގަށް %60 (ފަސްދޮޅަސް ޕަސަންޓް)
- މަސައްކަތުގެ މުއްދަތަށް %30 (ތިރީސް ޕަސަންޓް)
- މަސައްކަތުގެ ތަޖުރިބާ އަދި ފަންނީ ޤާބިލްކަމަށް (ދިހަ ޕަސަންޓް)
|
އިތުރު މަޢުލޫމާތު:
|
- މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ކަނޑައަޅަފައިވަނީ 33072.67/- (ތެއްތިރީސްހާސް ހަތްދިހަ ދެ ރުފިޔާ ފަސްދޮޅަސް ހަތް ލާރި)އެވެ. ބިޑް ސެކިޔުރިޓީ ހަމަވާ މުއްދަތަކީ ބީލަމުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން މަދުވެގެން 45 ދުވަހެވެ. ބިޑުސެކިޔުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ދޫކުރާ ބޭންކް ގެރެންޓީ ސިޓީ ނުވަތަ ބޭންކް ސެޓިފައިޑް ޑޭޓެޑް ޗެކެވެ.
- ޕާފޯމަންސް ގެރެންޓީގެ ގޮތުގައި، ހުށައަޅާއަގުގެ 5% އަށްވާ ފައިސާގެ އަދަދު ބަހައްޓަންވާނެއެވެ. ޕާފޯމަންސް ގެރެންޓީގެ މުއްދަތަކީ ކޮންޓްރެކްޓުގެ މުއްދަތެވެ. ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ބަލައިގަނެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ދޫކުރާ ބޭންކް ގެރެންޓީ ސިޓީ ނުވަތަ ބޭންކް ސެޓިފައިޑް ޑޭޓެޑް ޗެކެވެ.
- މިމަސައްކަތަކީ އެޑްވާންސް ޕޭމެންޓް ދިނުމަށް ހަމަޖެހިފައިވާ މަަަސައްކަތެކެވެ. ވުމާއެކު މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމެންޓް ގެރެންޓީ ހުށައެޅުމުން އެޑްވާންސް ޕޭމެންޓް ދޫކުރެވޭނެެއެވެ.
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑުތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
07 މާރިޗު 2023