ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު:145-A/2014/90     

ތާރީޚު: 25 ޑިސެންބަރު 2014

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

ޢަދަދު

1 (އެކެއް)

 

މަސައްކަތް ކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

- ސަރވިސް އެލަވަންސް -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) 

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މިމާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައުޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ރެޖިސްޓްރަރ އަންގަވާގޮތެއްގެމަތިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓްކުރުމާއި، ޓައިޕްކޮށް ފޮނުވުމުގެ ކަންތައްތައް ކުރުން.
  2. ރެޖިސްޓްރަރ ބާއްވަން ހަމަޖައްސަވާ ނުވަތަ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  3. ކޮންމެ މަހެއް ނިމުމުން، އެ މަހެއްގެ މަސްދުވަހުގެ ރިޕޯޓް، ރަޖިސްޓްރަރގެ ލަފާފުޅުގެމަތިން ތައްޔާރުކުރުން.
  4. ރެޖިސްޓްރަރ އަންގަވާގޮތެއްގެމަތިން މެމޯ ތައްޔާރުކުރުން.
  5. ފޮނުވާ ސިޓީތަކާއި، އަންނަ ސިޓީތަކާއި، އެހެނިހެން ލިޔެކިޔުންތައް ސްކޭންކުރުމާއި ފައިލްކުރުން.
  6. އެންޓްރީން ލިބޭ ތަކެތި، ރެޖިސްޓްރަރ ރިމާކްސްދިނުމުން، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  7. ކޯޓަށް ހުށަހެޅޭ މައްސަލަތަކާގުޅޭ އެންމެހައި ކަންތައްތައް ކުރުން.
  8. ރާއްޖެތެރޭ ކޯޓުތަކުން (މެޖިސްޓްރޭޓް ކޯޓްތަކުން)  އަންނަ މެސެޖުގައި ބުނާ ހެކިބަސްނެގުމާއި، ޗިޓް ރައްދުކުރުމުގެ މަސައްކަތްކުރުން.
  9. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކަށް މައްސަލައާގުޅޭ މަޢުލޫމާތު ދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި،  ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2015 ޖަނަވަރީ 7 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓްކުރެވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައިގެން، އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
25 ޑިސެންބަރު 2014
ހޯދާ