މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަންބޯޑާއި ޕާކުތައް އަދި ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް

 

ބީލަން ހުށައެޅުމުގެ ދަޢުވަތު 
  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި އިދާރާގެ ނަންބޯޑާއި ޕާކުތައް އަދި ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)227-ID/227/2023/17 (‏1‏ މާރޗް 2023) އިޢުލާނުގައި ލިޔުމުގެ ކުށެއް ހިމެނިފައިވާތީ، އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ‏2023‏ މާރޗް‏ 12ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
  3. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv/beelan)އިން ‏ ‏ ‏2023‏ މާރޗް‏ 12 ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2023‏ މާރޗް‏ 15ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2023‏ މާރޗް‏ 15 ވާ ބުދަ ދުވަހުގެ 14:00ގެ  ކުރިން، ބީލަމާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2023‏ މާރޗް‏ 16ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

  ފޯން:       6540400، 6540463

  އީމެއިލް:     [email protected]، ކޮޕީ:[email protected]

 

‏07‏ މާރޗް‏ 2023

07 މާރިޗު 2023
ހޯދާ