ދިވެހިރާއްޖެ
މި ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)364-CAS/364/2023/13 އިއުލާން ބާޠިލްކޮށް ނަޞްރު މިސްކިތުގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ޢަދަދު |
ތަފްޞީލް |
06 |
މިސްކިތުގެ އެތެރޭގެ ތަނބުތަކުގައި ކުރީމް ކުލައިގެ ދަވާދުލުން |
13 |
ދޮރާއި ދޮރުފަތުގައި ދެފެށުން ފެހި ދަވާދުލުން (02 ބޮޑު ދޮރާއި 11 ކުޑަ ދޮރުސެޓް) |
202 |
ފޫޓް ބޯޑަރުގައި އަޅިކުލަލުން (ބޯޑަރުގައި އަޅިކުލަ ލެވިފައިވާބައިގައި) |
02 |
ފެންވަޅުގެ މަތިގަޑުހަރުކުރުމަށް އައު އެލްމިނިއަމް ފަތިގަޑެއް އަޅާ އެސް.އެސް. ހުޅު ހަރުކުރުން. |
01 |
މިސްކިތުގެ އެތެރޭގައި ވަރުނީސްލާފައިވާ އެންމެހާ ތަންތަން ހިލަކަރުދާސް އަޅާ ސާފުކުރުމަށްފަހު ކްލިއަރ ވަރުނީސްލުން. |
01 |
ސީލިންގުން ކުލަފޮޅިފަ ހުރި ތަންތަނުން ކުލަ ކަހާ ސާފުކުރުމަށް ފަހު ހުދު ކުލަލުން(ސީލިންގ ބޮޑުމިން 2340 އަކަފޫޓް) |
01 |
މިސްކިތުގެ ހުރިހާ ނަލަފިލައެއްގައި ފެހި ދަވާދުލުން |
07 |
ދިޔަދޮވި ހޮޅީގައި ހުދުކުލަ ލުން |
18 |
ސީލިންގ މައުންޓް 18 ވޯޓްގެ ރައުންޑް ލެޑްލައިޓްހަރުކުރުން (މިހާރު ހުރި ލައިޓްތައް ނެގުމަށްފަހު، އައުލައިޓަކަށް ބޭނުންކުރަންވާނީ ލިޕަރ ބްރޭންޑް ނުވަތަ އެއާ އެއްފެންވަރެއްގެ ލައިޓެކެވެ.) |
04 |
ދަނގަޑު ހޮޅީގައި ފެހިދަވާދުލުން |
މި މަސައްކަތްކުރުމަށް ކައުންސިލުން ދިނުމަށްހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް ތިރީގައި އެވަނީއެވެ. މީގެ އިތުރުން ބޭނުންވާތަކެތި ހޯދަންވާނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.
- އިންފާރުގެ ބޯޑަރުގައި ލުމަށް 10 ލީޓަރު – އަޅިކުލަ
- ދޮރާއި ދޮރުފަތްތަކުގައި ލުމަށް 8 ލީޓަރު – ފެހި ދަވާދު
- ސީލިންގ ގައި ލުމަށް 30 ލީޓަރު – ހުދު ކުލަ.
- މިސްކިތުގެ އެތެރެ ތަނބުތަކުގައި ލުމަށް 8 ލިޓަރ ދަވާދު ކުރީމްކުލަ
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ 13:45 ށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގައި މަސައްކަތްކޮށްދެވޭނެ މުއްދަތު ޖެހިފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާޠިލްކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއި އެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.