މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެކްސްޕޯޓު އަދި ރީ-އެކްސްޕޯޓުކުރާ މުދަލުގެ ގުޑްސް ޑިކްލަރޭޝަންފޯމުތަކުގައި ބިލް އޮފް ލޭޑިންގ އަދި އެއަރވޭބިލް ނަންބަރު ޖެހުުމާގުޅޭ

            މުދާ އެކްސްޕޯޓް އަދި ރީ-އެކްސްޕޯޓްކުރުމަށްޓަކައި ކަސްޓަމްސްއަށް ހުށަހަޅާ ބައެއް ގުޑްސް ޑިކްލަރޭޝަންފޯމުތަކުގައި ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭބިލް ނަންބަރު ނުހިމަނާ ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭބިލް ނަންބަރަކީ ޝިޕްމަންޓްތައް ވަކިން ދެނެގަތުމަށާއި، ރެކޯޑް ބެލެހެއްޓުމަށާއި، މަޢުލޫމާތު ހިއްސާކުރުމަށް ނުހަނު މުހިއްމު މަޢުލޫމާތެކެވެ. އެހެންކަމުން، އެކްސްޕޯޓް އަދި ރީ-އެކްސްޕޯޓް ކުރާ މުދަލުގެ ޑިކްލަރޭޝަންފޯމުތަކުގައި ޑިކްލަރޭޝަންފޯމާއެކު ހުށަހަޅާ އެއްވެސް ލިޔުމެއްގައި ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭބިލް ނަންބަރު އެނގެން އޮތްނަމަ، ޑިކްލަރޭޝަންފޯމް ހުށަހަޅާއިރު ޝިޕްމެންޓްގެ ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭބިލް ނަންބަރު ހިމެނުމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

 

            އަދި ދަންނަވަމެވެ. 15 މާރިޗު 2023 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސަށް ހުށަހަޅާ އެކްސްޕޯޓު އަދި ރީ-އެކްސްޕޯޓު ގުޑްސް ޑިކްލަރޭޝަންފޯމުތަކުގައި ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭބިލް ނަންބަރު ހިމަނާފައި ނުވާނަމަ، ނުވަތަ އެކްސްޕޯޓު ކާގޯ މެނިފެސްޓްގައިވާ ނަންބަރާ ދިމާނުވާނަމަ، އެ ޝިޕްމެންޓެއް އެކްސްޕޯޓު ނުވަތަ ރިއެކްސްޕޯޓުކުރުމަށް ހުއްދަ ދެވޭނީ މަޢުލޫމާތު ފުރިހަމަކުރުމުންކަމުގައި ދެންނެވީމެވެ.

07 މާރިޗު 2023
ހޯދާ