ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ ސީ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އޭ ސީ ޓެކްނީޝަން

ބޭނުންވާ ޢަދަދު:  01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް  އުޞޫލުން 23 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

ރޭންކް:

ޖެނަރަލް ސާރވިސް ގްރޭޑް 3

އުޖޫރަ:  

އަސާސީ މުސާރަ 4465 ރުފިޔާ،

ސާރވިސް އެލަވަންސް 1500 ރުފިޔާ،

ސަޕޯރޓިންކޯ އެލަވަންސް 700 ރުފިޔާ،

މިނިމަމްވޭޖް އެލަވަންސް 1100 ރުފިޔާ.

ފެންވަރު ނުވަތަ ޝަރުޠު:

އެއަރކަންޑިޝަން އަދި ރެފްރިޖަރޭޝަންގެ ދާއިރާއިން ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުން.

ޢުމުރުން 55 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ޤަބުރުސްތާނާއި ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

  ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

 އިދާރާ އިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތު ގައި ބައިވެރި ވުން.

އަހަރަކު 2 ފަހަރު ހުރިހާ އެއަރ ކޮންޑިޝަންތައް ފުލް ސަރވިސްކުރުން (އޭ.ސީ އިންޑޯރ ޔުނިޓް އާއި އައުޓްޑޯރ ޔުނިޓް ނައްޓާ ދޮވެ ސާފުކުރުމާއި ގޭސް މަދުވެފައިވާނަމަ ގޭސް ފިލްކުރުން) 

އެއަރ ކޮންޑިޝަންގެ އައުޓްޑޯރ ޔުނިޓް ހަރުކޮށްފައިވާ ބްރެކެޓްގައި ދަބަރު ޖަހާފައިވާނަމަ ދަބަރު ކަހާ އަންޑަރ ކޯޓް މެޓަލް ދަވާދެއް ލުމަށްފަހު މެޓަލް ދަވާދުލުން.

ހުރިހާ އެއަރ ކޮންޑިޝަންތަކުގެ ޑްރެއިން ހޮޅިތަކަށް ކެމިކަލް އަޅާ، ވައިޖަހާ ސާފުކުރުން.

ހުރިހާ އެއަރ ކޮންޑިޝަންއެއްގެ ފިލްޓަރތައް ނަގާ ރަނގަޅަށް ދޮވެ ހިއްކުމަށްފަހު އަޅުވާ އިންޑޯ ޔުނިޓް ރަނގަޅަށް ސާފުކުރުން.

އެއަރ ކޮންޑިޝަންގެ ހޮޅިބަޔާއި އެއަރކޮންޑިޝަން ޑްރެއިން ހޮޅީގެ އިންސިއުލޭޝަން ހަލާކުވެފައިވާނަމަ އައު އިންސިއުލޭޝަން ލެއްވުން.

އެއަރ ކޮންޑިޝަން ގުޅާފައިވާ ސޮކެޓް، ޕްލަގް ޓޮޕް މައްސަލަ ޖެހޭނަމަ އައު އެއްޗެހި އެޅުވުން.

އެއަރ ކޮންޑިޝަންއިން ކަރަންޓް ނަގާފައިވާ ޑީބޯޑާއި ހަމައިން އޭސީގެ ވަޔަރަކަށް އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ ވަޔަރ ބަދަލުކުރުން ނުވަތަ ރަނގަޅު ކުރުން.

އެއަރ ކޮންޑިޝަންގެ ހޮޅިތައް ނުވަތަ ޑްރެއިން ހޮޅި ސީލިންގ ގައި ޖެހިފައިވާނަމަ ސީލިންގ ގައި ނުޖެހޭ ގޮތަށް ޑެކްގައި އެޅުވުން.

އެއަރ ކޮންޑިޝަންއެއް އެހެން ތަނަކަށް ބަދަލުކުރުން ނުވަތަ މޫވް ކުރަން ޖެހިއްޖެނަމަ އެ އެއަރކޮންޑިޝަން އެއް ބަދަލުކުރުން ނުވަތަ މޫވް ކުރުން.

އެއަރކޮންޑިޝަންއެއް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ އައު އެއަރކޮންޑިޝަން އެއް އިންސްޓޯލް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

4-   ޕޮލިސް ރިޕޯރޓް

ސުންގަޑި:

15 މާރިޗް 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

05 މާރިޗު 2023
ހޯދާ