ދިވެހިރާއްޖެ
ށ.ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު |
ނަންބަރު:(IUL)195-C/195/2023/13 |
|
ތާރީޚް: 07 މާރިޗު 2023 |
||
މަޤާމު |
ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް |
|
މި މަޤާމަކީ ށ.ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. |
||
ފަނޑިޔާރުން ބޭނުންވާ އަދަދު |
1 (އެކެއް) |
|
މުސާރަޔާއި ޢިނާޔަތްތައް |
||
އަސާސީ މުސާރަ (މަހަކު) |
23,150.00 ރުފިޔާ |
|
ހެލްތް އިންޝުއަރެންސް |
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ފޯނު އެލަވަންސް |
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ޝަރުޠު |
މި މަގާމަށް ކުރިމަތިލައްވާ ފަރާތަކީ ށ.ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން. |
|
މަޤާމަށް އެދި ހުށަހެޅުން |
ށ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާނީ މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ. |
|
ސުންގަޑި |
21 މާރިޗު 2023 ވަނަ ދުވަހުގެ 12:00 އެވެ. |
|
ގަވާއިދު |
މި އިޢުލާންގައިވާ ށ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބޭނެއެވެ. |
|
އިތުރު މަޢުލޫމަތު ސާފުކުރުން |
- މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. |