ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
- މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ ސުވާލުކަރުދާސްތަކާއި އިމްތިޙާނާގުޅޭ ތަކެތި ތަންތަނަށް ގެންދިއުމަށް ކުރާ ދަތުރު ކުރުމަށްޓަކައި، 15 މަސްދުވަހުގެ މުއްދަތަށް ކާރާއި ވޭން އަދި ޕިކަޕުގެ ޚިދުމަތް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން 2023 މާރިޗު 08 ވާ ބުދަ ދުވަހުގެ 09:30 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރިޗު 09 ވަނަ ދުވަހުގެ12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗް 12ވާ އާދިއްތަ ދުވަހުގެ 10:30 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7533006 /4003966އިންލިބިވަޑައިގަންނަވާނެއެވެ.
14 ޝަޢުބާން 1444
06 މާރިޗު 2023
06 މާރިޗު 2023
ހޯދާ