ދިވެހިރާއްޖެ
އިޢުލާން
ކޮންމެހެން ކާއެއްޗެއް ދޭންޖެހޭ ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މިއިދާރާއިން ކޮށްފައިވާ އިޢުލާން ނަންބަރު GS-155/IUL/2023/002 ށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. 2023 ޖޫން 22 ގެ ނިޔަލަށް މި ސުކޫލުގެ ދަރިވަރުންގެ ތެރެއިން ކޮންމެހެން ކާއެއްޗެއް ދޭންޖެހޭ ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2023 ވަނަ އަހަރު ކޮންމެހެން ކާއެއްޗެއް ދޭންޖެހޭ ދަރިވަރުންނަށް ކާއެއްޗެއް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ މަސައްކަތަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ބިޑްރަޖިސްޓްރީގައި ނަން ނޯޓް ކުރުން |
މައުލޫމާތު ދިނުމުގެ ސެސަން |
އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން |
|
2023 މާރިޗް 06 ން 8 ވަނަ ދުވަހު 12:00 އަށް |
2023 މާރިޗް 09 ވަނަ ދުވަހު 14:00 ގައި |
2023 މާރޗް 15 ވަނަ ދުވަހު 14:00 ގައި |
މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ގާނޫނު (2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. މިމަސައްކަތުގެ މައުލޫމާތު ކަރުދާސް (ބިޑް ޑޮކިއުމަންޓް) މި އިއުލާނާއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑް ރަޖިސްޓްރީ ކުރެއްވުމަށް މިސްކޫލްގެ ވެބްސައިޓް www.adhomadhooschool.edu.mv ށް ޒިޔާރަށްކޮށް މަތީގައިވާ އޮންލައިން ފޯމްގެ މެނޫއިން ބިޑް ރަޖިސްޓްރީ ނެގެވުމުން "ބިޑް ރަޖިސްޓްރީ" ފޯމް ފުރުއްވޭނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.
ޝުކުރިއްޔާ