މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޕަރގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ޖަރުމަނު ވިލާތުގެ ބާރލިންގގައި އޮންނަ އައި.ޓީ.ބީ ފެއަރ 2015 އިން 2017އަށް، ރާއްޖޭގެ ސްޓޭންޑްގައި ސްޕަރގެ ޚިދުމަތް އަމިއްލަ ތަކެތީގައި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު މި ކޯޕަރޭޝަންގެ އިޢުލާން ނަންބަރު IUL)MMPRC-HAS/1/2014/63) ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަކަށްފަހު 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014
ހޯދާ