ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމްގެ ސްކްރީނިންގ ޝީޓް އިއުލާން ކުރުން

     މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ މަގާމަށް މީހަކު ހޯދުމަށްޓަކައި 21 ފެބްރުވަރީ 2023 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-CAA/253/2023/15 ގެ އިޢުލާނުގައިވާ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ޝީޓްގައިވާ މަޢުލޫމާތާ ގުޅިގެން ނުވަތަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހުށަހެޅުމަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ 06 މާރިޗް 2023 ވަނަ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

           މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                14 ޝަޢުބާން 1444

                06 މާރިޗް 2023

06 މާރިޗު 2023
ހޯދާ