މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ރ.މާކުރަތު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު :IUL)305-ME305/305/2014/149)ފ(10 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

2015 ވަނަ އަހަރު މާކުރަތު ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ރ.މާކުރަތު ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ 05 ޖަނަވަރީ 2015 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގައި މާކުރަތު ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށްފަހު ހަމައެގަޑީގައި ޕްރޮޕޯޒަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ޕްރޮޕޯޒަލްތައް ކެނޑުން ބޭއްވޭނެއެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހަކުކަން އަންގައިދިނުމަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅާނީ މަޢުލޫމާތު ސާފުކުރި ފަރާތަކަށް ދޫކުރެވޭ މަޢުލޫމާތުތަކާ އެއްގޮތަށް ތައްޔާރުކޮށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014
ހޯދާ