ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް - 1444
މިކައުންސިލް އިން މިއަހަރު ރަމަޟާންމަހުގައި 'މަޑަވެލި ކައުންސިލް ޤުރުޢާން މުބާރާތް – 1444' ގެ ނަމުގައި ޤުރުއާން މުބާރާތެއް 30 މާރިޗް 2023 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 މާރިޗް 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯމް ފުރާ ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމް ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުގައި އަދި ކައުންސިލް ވައިބަރ ގްރޫޕް 'މަޑަވެލި ކައުންސިލް ނޯޓިސްބޯޑް' ގައި ހިއްސާ ކުރެވިފައިވާނެއެވެ.
މިއީ މަޑަވެލީގެ ރައްޔިތުންނާއި، މަޑަވެލީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ވާދައިގެ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ އެއް ކެޓަގަރީގައި އަދި ކޮންމެވެސް އެއް ގޮތްޕެއްގައެވެ. މިގޮތުން ބަލައިގެން ކިޔެވުމުގެ ބައިގައި ބައިވެރިވާ ފަރާތަކަށް ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިއެއްނުވެވޭނެއެވެ.
މުޅި މުބާރާތުގެ ހުރިހާ ގޮތަކުން 1 ވަނައަށް ހޮވޭ ފަރާތަކަށް -/8000ރ (އަށްހާސް ރުފިޔާގެ ފައިސާގެ އިނާމް)، 2 ވަނަ އަށް ހޮވޭ ފަރާތަކަށް -/4000ރ (ހަތަރުހާސް ރުފިޔާގެ ފައިސާގެ އިނާމް)، އަދި 3 ވަނަ އަށް ހޮވޭ ފަރާތަކަށް -/2000ރ (ދެހާސް ރުފިޔާގެ ފައިސާގެ އިނާމް) ވަނީ ކަނޑައެޅިފައެވެ. މީގެ އިތުރުން އެކި ކެޓަގަރީތަކުން ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާއާއި، މުޤައްރަރު ހިމަނައި މިމުބާރާތުގެ ޤަވާޢިދު މިއިޢުލާނާއިއެކު ހިއްސާކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް: https://forms.gle/pPEDngV6vpTRfCFr8
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.