ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު:IUL)451-FP/1/2014/41) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުގައިވާ އަދަށްވުރެ އިތުރަށް ޕްރިންޓްކުރަން ބޭނުންވާތީ އެއިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، އަލަށް ތައްޔާރުކުރެވިފައިވާ ޕްރީ ސްކޫލް ޓީޗަރސް ގައިޑް ލޭއައުޓް ހެދުމަށްފަހު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
31 ޑިސެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް |
04 ޖަނަވަރީ 2015 ވަނަ ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323242 ނަންބަރު ފޯނާއެވެ.
03 ރަބީޢުލްއައްވަލް 1436