މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ ރިސޯސް މޮބިލައިޒަރ (އެމް.އެސް 3)

މަޤާމްު:

ސީނިއަރ ރިސޯސް މޮބިލައިޒަރ (އެމް.އެސް 3)  

ބޭނުންވާ އަދަދު:

2

މުސާރަ:

-/7035 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން / ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް

މަޤާމުގެ ޝަރުޠު:

  • އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކާއި އަދި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިކުރުމާއި، އެފަރާތްތަކުން ލިބެންހުންނަ އެހީގެ (ލޯން، ހިލޭއެހީ، ތަމްރީނު ފަދަ) އެކި ފުރުޞަތުތައް ހޯދުން.
  • ޑިވިޜަން މެދުވެރިވެގެން ދައުލަތުން ނަގާ ލޯންތަކާއި ދެވޭ ގެރެންޓީތަކަކީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދާއި ޤާނޫނުގެ ތެރެއިން ނެގޭ ލޯނެއްތޯ ނުވަތަ ދެވޭ ގެރެންޓީއެއްތޯ ކަށަވަރުކުރުން
  • ޑިވިޜަން މެދުވެރިވެގެން ދައުލަތުން ނަގާ ދަރަންޏަކީ ޑިވިޜަނުން ކަނޑައަޅާފައިވާ ޑެޓް ސްޓްރެޓެޖީއާ އެއްގޮތަށް ނެގޭ ދަރަންޏެއްތޯ ބެލުމާއި، ޑެޓް ސްޓްރެޓެޖީއާ ޚިލާފަށް ނެގޭ ދަރަންޏެއްނަމަ އޭގެ ހުރި ރިސްކްތައް ޕޮލިސީ ލެވެލްގެ ސަމާލުކަމަށް ގެނައުން.
  • ދައުލަތުގެ ޑެޓް ޕޯޓްފޯލިއޯ ބޭނުންކޮށްގެން ރާއްޖޭގެ މާލީ ބާޒާރު ކުރިއެރުވުމާއި ރާއްޖޭގެ އިންވެސްޓަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރުކޮށްދިނުން.
  • ލޯނާއި ހިލޭއެހީގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާއި އަދި ހިންގުމަށް ރޭވެފިއިވާ މަޝްރޫޢުތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމާއި، މަޝްރޫޢުތަކަށް ދިމާވެފައިވާ މައްސަލަތައް ޑިވިޜަންގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ޑިވިޜަންގެ ވެރިންގެ ލަފާގެ މަތިން މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިޒާމުކުރުން.
  • ޑިވިޜަނުން ކުރާ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ރާއްޖެއަށް އަންނަ ވަފްދުތަކާއި، ރާއްޖެއިންދާ ވަފްދުތައް ތައްޔާރުވުމުގެ ގޮތުން ޑިވިޜަނުން ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްދާގޮތް ބަލައި ތައްޔާރުވުން.
  • އަލަށް ސޮއިކުރެވޭ ލޯން އެގްރީމަންޓްތައް އިފެކްޓިވް ކުރުމަށް ކުރާ މަސައްކަތްތައް މޮނިޓަރކުރުން.
  • ޑިވިޜަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕާރފޯމެންސް އެޕްރެއިސަލް ހެދުން

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުން މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.

އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- ވަޒީފާގެ ދާއިރާއިން ޓެކްނިކަލް ނޮލެޖް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު 

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

08 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171 / 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން ބޭއްވޭނެއެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ