ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ 2015 ވަނަ އަހަރު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު DS/2014/18ފ(4) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތާއި ހުށަހަޅާފައިވާ ބިޑުތަކާއި ޑޮކިއުމަންޓްތަށް ރަނގަޅުނޫންކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

2 ރަބީޢުލްއައްވަލް 1436   

24 ޑިސެންބަރު 2014
ހޯދާ