ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

މަޤާމް:         އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:      03 (ތިނެއް)

ބޭނުންވާ މުއްދަތު:      1 އަހަރު (މަސައްކަތް ނުނިމޭނަމަ މުއްދަތު އިތުރުކުރެވޭނެ)

އުޖޫރަ:          ގަޑިއަކަށް -/60 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތު:  ދުވާލަކު 7 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން:  ފުވައްމުލަކު ގޮފި / ޏ. ފުވައްމުލައް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- ކޮންމެ ދުވަހަކު ލިބޭ ކޯޓު އަމުރުތައް ސިސްޓަމަށް އަޅާ ކޯޓް ޝެޑިއުލް ތައްޔާރުކުރުން.

2- މައްސަލަތައް އަނބުރާ ސެކްޝަނަށް ލިބުމުން ފޮތުން ކެނޑުމާއި ސިޓީ ނެގުމަށް ޙަވާލުކުރުން.

3- މައްސަލަތަކާއި ގުޅޭގޮތުން ނަގަންޖެހޭ ފޯމު އާއި ސިޓީ ނެގުމުށްފަހު ފޮނުވަންޖެހޭ ކޯޓު / އިދާރާތަކަށް ފޮނުވުން.

4- ސެކްޝަނަށް ލިބޭ އެންޓްރީ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

5- ސަޕޯޓް ސެކްޝަންގެ މައްސަލަތަކާއި ގުޅުންހުރި މަސައްކަތްކުރުން.

6- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އާކައިވް މަސައްކަތްތައްކުރުން.

7- މީގެ އިތުރުންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާއި ގުޅިގެން ވެރިން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ. އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 މާރިޗު 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

2- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15 - 22 މާރިޗު 2023 އާ ދެމެދު ފުވައްމުލަކު ގޮފި / ޏ. ފުވައްމުލަކުގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv  އިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

3- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

4- ވަނަވަރު

5- ދރއ. ކާޑުގެ ކޮޕީ

6- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

20 ޝަޢުބާން 1444

05 މާރިޗު 2023
ހޯދާ