މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން އިޖުތިމާއީ ސަރަހައްދު ކުނިކަހައި ބެލެހެއްޓުމުގެ މަސައްކަތް

މިރަށުގައި މިހާރު ކުނިކަހާ ސާފުކުރަމުންދާ ހުރިހާ ސަރަހައްދެއް 4 ޒޯނަކަށް ބާހާލުމަށްފަހު އެސަރަހައްދުތައް ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ކުރެވުނު މިއިދާރައިގެ ނަންބަރ : IUL-317/2022/84 (07 ޑިސެމްބަރ 2022 ) އިޢުލާނާއި IUL-317/2022/85 (11 ޑިސެންބަރު 2022) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްޓަކައި އެއްވެސް ފަރާތަކުން ޙާޒިރުވެފައި ނުވާތީ މަތީގައި ދެންނެވިފައިވާ އިޢުލާނުތައް ބާތިލުކޮށް އަލުން މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށްޓަކައި ތިންވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

ވީމާ މިރަށުގެ އިޖުތިމާޢީ ސަރަހައްދު ގޮތުގައި ކަނޑައަޅާފައިވާ 4 ޒޯނު އަމިއްލަ ތަކެތި ބޭނުންކޮށްގެން ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 9 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި ، ހުޅުވުން އޮންނާނީ  15 މާރިޗު 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00  ގައި ދޮންފަނު ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ، އަންދާސީ ހިސާބާއި އަދި މަޢުލޫމާތު ސާފުނުކޮށް ހުށަހަށާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާނަމާއި އިޢުލާނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން އަދި އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ދެފުށް ހިމެނޭ ސާފުކޮޕީއެއް އަދި ވިޔާފާރިއެއް ނުވަތަ ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި މީހަކު ފޮނުވާކަމުގެ ސިޓީއާއި މައުލޫމާތު ސާފުކުރާ/އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާފަރާތުގެ  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ދެފުށް ހިމެނޭ ސާފުކޮޕީއެއް ގެންނަވަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 މާރިޗު 2023
ހޯދާ