Maldives
މަގުބައްތި ޖަހާން ބޭނުންވާ ކޭބަލް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން
ނ. ކުޑަފަރީގައި މީހުން އާބާދުވެފައިވާ ސަރަޙައްދުތަކާއި އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކާއި އިޖުތިމާޢީ ސަރަޙައްދުތަކުގެ މަގުތަކާއި ގޯޅިތައް އަލިކުރުމުގެ ގޮތުން މަގުބައްތި ޖަހާން ހިންގާ މަޝްރޫޢަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދެއްވާނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.
ވީމާ، ތިރީގައި ބުނެވިފައިވާ މިންގަނޑުގެ ކޭބަލް މި އިދާރާއަށް ސަޕްލައިކޮށްދެއްވާން ޝައުޤުވެރިވެލައްވާ ނަމަ، އެ ކަމަށް ކަނޑައެޅިފައިވާ ބީލަން ފޯމުން އަގު ހުށަހެޅުއްވުން އެދެމެވެ.
ކޭބަލްގެ ސްޕެސިފިކޭޝަން: |
ELECTRIC CABLE, 44-6mm × 2C - CIRCULAR |
ކޭބަލްގެ ދިގުމިން: |
1500 (އެއް ހާސް ފަސް ސަތޭކަ) މީޓަރު |
ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދިލައްވައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރައްވާން ހުށަހަޅުއްވާނީ 2023 މާރިޗު 7 ވާ އަންގާރަ ދުވަހު މެންދުރު 12:00ގެ ކުރިން، ދީފައިވާ ލިންކު ގައި ވާ ފޯމު ފުރިހަމަކުރައްވައިގެންނެވެ.
ލިންކް: https://forms.gle/XAPZnjaueyxMUvHS9
ބީލަމުގައި ބައިވެރިވެލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ 2023 މާރިޗު 12 ވާ އާދީއްތަ ދުވަހު މެންދުރުފަހު 1:00 ގައި މި އިދާރާ ގައެވެ.
ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކުންފުނީގެ، ނުވަތަ ވިޔަފާރީގެ ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވާން ވާނެއެވެ.
ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ. ބީލަން ފޯމު މި އިޢުލާނާ އެކު، ގެޒެޓު ގައި އާންމުކުރެވިފައި ވާނެއެވެ. އަދި 2023 މާރިޗު 12 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް މި އިދާރާގެ ކައުންޓަރުން ވެސް ލިބިލައްވާނެއެވެ.
މަސައްކަތާ ގުޅޭ ގޮތުން ބާއްވާ ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ 2023 މާރިޗު 12 ވާ އާދީއްތަ ދުވަހު މެންދުރު ފަހު 1:00 ގައި އިދާރާ ގައެވެ. އެއްވެސް ސަބަބަކާ ހުރެ މި ދުވަސް ރަސްމީ ބަންދަކަށް ވެއްޖެ ނަމަ، ބައްދަލުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު، އެ ގަޑީގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
13 ޝަޢުބާން 1444ހ.
5 މާރިޗު 2023މ.
|
ހުމާމް ޢަބްދުއްރަޙީމް ކައުންސިލްގެ ރައީސާ |