މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސްރަތު ޕްރޮގްރާމާއި ގުޅޭ

   (IUL)307/INDIV/2023/14:ނަންބަރު

ކުޅިވަރާއި ކަސްރަތަށް އަޙުލުވެރި ކުރުވުމާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ހުރިހާ އުމުރުފުރާއަކަށްވެސް (ސްކޫލް ކިޔަވާކުދިން ފިޔަވައި) ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ކަސްރަތު ފްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން 8:00 އަށް އަދި ހަވީރު 4:30 އިން 6:00 އަށް މިރަށު ފުޓްބޯޅަ ދަނޑުގައެވެ. މި ގަޑިތަކަކީ ބައިވެރިވާ މީހުންގެ އަދަދަށް ބަލާފައި ބަދަލުކުރެވިދާނެ ގަޑިތަކެކެވެ.

ވިމާ، ކަސްރަތުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިކައުންސިލްގެ ނަންބަރު (6580052) އަށް ނުވަތަ ސްޕޯޓްސް ކައުންސެލަރ (އިބްރާހިމް ޔާސީން) 7925507 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

05 މާރިޗު 2023
ހޯދާ