ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ: -/5020 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 2

ސެކްޝަން: ކަލެކްޝަން މެނޭޖްމަންޓް އެންޑް ސާރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ލީގަލް ޑިޕޮސިޓް ޤާނޫނުގެ ދަށުން ލިބޭ އޯޑިއޯ ވިޝުއަލް ތަކެތި/ ފޮތް އަދި ޖާރނަލްގެ ލިސްޓު އަޕްޑޭޓް ކުރުން
  • ލީގަލް ޑިޕޮޒިޓް މެޓީރިއަލް ތެރެއިން ނުލިބޭ ތަކެތީގެ ލިސްޓް ތައްޔާރުކުރުން
  • ބެކް ލޮގް ވެފައިވާ އޯޑިއޯ ވިޝުއަލް ތަކެތި/ފޮތްތަކުގެ ޓެކްނިކަލް މަސައްކަތް ކުރުން. މިގޮތުން ކޮޕީކެޓާލޮގްކޮށް ކްލެސިފައިކުރުން
  • ލައިބްރަރީއަށް އެހީގެ ގޮތުންނާއި ގަނެގެން ލިބޭ އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތްތަކުގެ ލިސްޓް އަޕްޑޭޓް ކުރުން
  • އޯޑިއޯ ވިޝުއަލްތަކެތި/ފޮތްތަކުގެ އެކްސެޝަން ރެޖިސްޓަރ ބަލަހައްޓައި އަޕްޑޭޓް ކުރުން
  • އަލަށް ލިބޭ އޯޑިއޯވިޝުއަލް ތަކެތި/ފޮތްތައް އެކްސެޝަންކޮށް ތައްގަނޑުޖެހުން
  • އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތުގެ ޓެކްނިކަލް މަސައްކަތް ކުރުން ( އެކްސެޝަން، ކެޓަލޮގް، ކްލެސިފައި)
  • އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތްތަކުގެ މަޢުލޫމާތު ބިބްލިއޮގްރަފީއަށް ނެގުން
  • އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތްތަކުގެ މަޢުލޫމާތު ލިބަޓީއަށް އެޅުން
  • އޯޑިއޯ ވިޝުއަލް ތަކެތި/ފޮތް ޕްރޮސެސް ކުރުމަށް ޕްރޮސެސްކުރާ ޓީމާއި ހަވާލުކުރުން
  • އޯޑިއޯ ވިޝުއަލް ތަކެތި/ފޮތް ވީޑްކުރުން
  • ތަފާތު މާއްދާތަކުން ޗާޕުކުރެވޭ އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތްތަކުގެ ތެރެއިން ލައިބްރަރީއަށް ބޭނުންވާ އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތްތަކުގެ ލިސްޓު ތައްޔާރުކުރުން

ނޯޓް: ލައިބްރަރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

 

އިންޓަރވިއު:

- މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 3 ދުވަސް ކުރިން އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  • ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުއަށް ހާޒިރުވާއިރުއެވެ.  

ފޯމު ފޮނުއްވަންވީ ތާރީޚު: 2015 ޖަނަވަރީ 06 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ޤައުމީކުތުބުޚާނާ އަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ. )
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

30 ޞަފަރު 1436

22 ޑިސެންބަރު 2014
ހޯދާ