ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސަސްޓެއިނަބިލިޓީ ރިޕޯޓިންގް އާ ގުޅޭ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް

އޮތޯރިޓީގެ ސީ.ޖީ ކޯޑުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ސަސްޓެއިނެބިލިޓީ ރިޕޯޓް ހާމަކުރުމުގެ އުސޫލެއް މިހާރުވަނީ އެކުލަވާލާފައެވެ.  މި އުސޫލާ ގުޅިގެން ކުންފުނިތަކުގެ ސަސްޓެއިނަބިލިޓީ ރިޕޯޓިންގ ގައިޑްލައިން ތައްޔާރުކުރުމާއި އޮތިރިޓީއަށް ކަމާގުޅޭ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚާއި ގަޑި : 13 މާރިޗު 2023 ދުވަހުގެ ހެނދުނު 10:00އަށް

އެޑްރެސް:   މއ. އުތުރުވެހި/  5 ވަނަ ފަންގިފިލާ / ކެނެރީމަގު

ޕްރޮޕޯސަލް ހުށަހަޅަންޖެހޭގޮތް: ޕީޑީއެފް ފޯމެޓްގައި ޕާސްވާޑް ފްރޮޓެކްކޮށްފައި އޮތޯރިޓީގެ އީ-މެއިލް [email protected]  އަށް

 

ނޯޓް:  އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަ ބިޑް ބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 12 މާރިޗު 2023 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.

2 މާރިޗު 2023

02 މާރިޗު 2023
ހޯދާ