މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ބަނދަރުގައި ދޯނިފަހަރު ވިޔަފާރި ކުރުމާ ބެހޭ

ޤަވާޢިދު ނަންބަރު 2014/R-237 (ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު) ގެ ދަށުން ކައުންސިލުން ހުއްދަ ނުނަގައި ބަނދަރުގައި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. މަދުން ނަމަވެސް މި ފަދަ ޢަމަލުތައް ތަކުރާރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ޤަވާއިދާ ހިލާފަށް ކުރެވޭ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމާއި، ޤާނޫންތަކާއި ޤަވާއިދުތައް އަދި ހެދިފައިވާ އުސޫލުތަކަށް ބޯނުލެބުމުގެ ނުބައި ސަގާފަތެއް މުޖުތަމަޢުގައި އުފެދުމަށް މަގުފަހިވެއެވެ.

އެހެންކަމުން ވިޔަފާރި ކުރުމަށް އެދޭ އޮޑިދޯނިފަހަރު، މީގެ ފަހުން ކައުންސިލުން ހުއްދަ ހޯދައި މިކަން މިގޮތަށް ކުރުމަށް އިލްތިމާސް ކުރަމެވެ. އަދި މިފަދައިން ޢަމަލު ނުކުރާ ފަރާތްތަކަށް ވަޤުތުން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ، ވިޔަފާރި ކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އިތުރު ސަރަހައްދެއްގައި ވިޔަފާރި ކުރުމަކީވެސް މަނާކަމެކެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

ޤަވާއިދުގެ ލިންކް: https://www.mvlaw.gov.mv/pdf/gavaid/RaaDhuvaafaru/R237-2014.pdf    

10 ޝަޢްބާން  1444

02     މާރޗް   2023

02 މާރިޗު 2023
ހޯދާ