ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާބެހޭ

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ'' ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1444'' މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 12 މާރިޗު 2023 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފީމެވެ.

      ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 12 މާރިޗު 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކިލާސް އަދި ޔުނިވަރސިޓީ މެދުވެރިކޮށް މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.  ސްކޫލް، ޤުރުއާން ކިލާސް އަދި ޔުނިވަރސިޓީތަކުން ބައިވެރިވާ ފަރާތްތަކުގެ ލިސްޓް އެކްސެލް ފޯމެޓްގައި ހުށަހަޅުއްވަން ވާނެއެވެ.

      ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ގޮތުން ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      މުބާރާތުގެ ޤަވާއިދު އަދި ފޯމް މިއިދާރާގެ ވެބްސައިޓް www.kulhudhuffushicity.gov.mv އިން ލިބެން ހުންނާނެއެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527174 ނުވަތަ 6528831 އަށެވެ.

02 މާރިޗު 2023
ހޯދާ