ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ޢިމާރާތަށް ބަދަލު ގެނައުމާއި ބެހޭ
މި ކައުންސިލްގެ ފެންޑާގައި ކައުންޓަރަކާއި، އެސްޖީ އިންނަވާ ކޮޓަރިއެއް ހަދާ ކައުންސިލްގެ އިމާރާތާއި ގުޅާލަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މާރޗް 2023 ވާ(އާދިއްތަ) ދުވަހުގެ 13:00އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގަ އެވެ. ގަޑި ޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ، ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަންވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރި ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރ:19/2019) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް ކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށައެޅުއްވުމުގައި ކޮންމެ މީހަކަށް ވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ. މި މަސައްކަތާއި ބެހޭ މައުލޫމާތު ޝީޓު މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
10 ޝަޢުބާން 1444
02 މާރޗް 2023