މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އޯޑިޓް އެކައުންޓަންޓް (އެމް.އެސް 1)

މަޤާމު:

އޯޑިޓް އެކައުންޓަންޓް (އެމް.އެސް 1)

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/5,610 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

އިންޓަރނަލް އޯޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޜަން  

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓަރ ނުވަތަ މިނިސްޓަރ އެކުލަވާލާ އިންޓަރނަލް އޮޑިޓް ކޮމިޓީއަކުން ނުވަތަ މިނިސްޓަރ ކަނޑައަޅާ އެހެންވެސް ފަރާތަކުން ހުއްދަދީފައިވާ އޮޑިޓް ޗާޓަރާއި އޮޑިޓް މެނުއަލްގައި ބަޔާންކުރާ އުސޫލުން އޮޑިޓް މެނޭޖްމަންޓުން ހަވާލުކުރާ އިންޓަރނަލް އޯޑިޓްގެ މަސައްކަތާއި ދައުލަތުގެ މާލީ ލިޔެކިޔުން ބެލެހެއްޓުމުގެ އެހެނިހެން ޙަރަކާތްތައް ހިންގުން.
  • ދައުލަތުގެ މުއައްސަސާތަކުގެ މާލީ ލިޔެކިޔުމާއި ފައިސާގެ ހިސާބުތައް ބެލުމަށް އެކުލަވާލާފައިވާ އިންޓަރނަލް އޮޑިޓް މެނުއަލްގައި ބަޔާންކުރާ އުސޫލުން، އޮޑިޓް މެނޭޖްމަންޓުން އަންދާ ގޮތެއްގެމަތީން އޮޑިޓް މަސައްކަތް ޕްލޭން ކުރުމާއި، އޮޑިޓް ފީލްޑް މަސައްކަތް އަދި އޮޑިޓް ރިޕޯޓް ތައްޔާރުކުރުން
  • ދައުލަތުގެ މުއައްސަސާތަކުން މާލީ ޙަރަކާތްތައް މޮނިޓަރކުރުމަށް އޮޑިޓް މެނުއަލްގައި ނުވަތަ އޮޑިޓް މެނޭޖްމަންޓުން ހަމަޖައްސާފައިވާ އުސޫލުން މަސައްކަތްކުރުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- އެކައުންޓިންގ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

08 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ